ދޮންފަނު އިންވިޓޭޝަން ކަޕް: ގޮއިދުއާއި ކިހާދޫ ސެމީއަށް

ދޮންފަނު އިންވިޓޭޝަން ކަޕްގައި މިއަދު ކުޅުނު މެޗުން މާޅޮސް އަތުން 5-1 އިން މޮޅުވެ ގޮއިދޫ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގޮއިދޫ ސެމީން ޖާގަ ހޯދީ ކުޅުނު ދެ މެޗުން މޮޅުވެ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އެ ގްރޫޕްގެ ދެ ވަނައިގެ ގޮތުގައި ސެމީން ޖާގަ ހޯދީ ކިހާދޫ އެވެ. އެ ޓީމަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލަށް ދިޔައީ ޕޮއިންޓެއް ނުލިބި މާޅޮހެވެ.

ދޮންފަނު ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ 5 ވަނަ މިނިޓްގައި ގޮއިދޫ އަށް ލީޑު ނަގައިދިނީ އިބްރާހީމް ނާފިޒެވެ. އޭގެ ދެ މިނެޓު ފަހުން އަހްމަދު ނާހިލް މާޅޮހަށް އެއްވަރުކޮށްދީފައިވަނިކޮށް ގޮއިދޫ ޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ 16 ވަނަ މިނިޓްގައި އަބްދުﷲ އަފާފެވެ. އަދި އޭގެ 10 މިނެޓު ފަހުން ހަސަން ޝާމް ވަނީ ގޮއިދުއަށް ލީޑު ފުޅާކޮށްދީފައެވެ.


ގޮއިދޫގެ ހަތަރުވަނަ ގޯލް ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ހަސަން ޝާމް ޖެހިއިރު، ފަހު ގޯލް ޖެހީ ދެވަނަ ހާފުގެ 11 ވަނަ މިނިޓްގައި އަބްދުﷲ އަފާފެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޮއިދޫގެ އަލީ ޖަޒްލާނެވެ.

މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި އަންނަ ބުދަ ދުވަހު ގޮއިދޫ ކުޅެނީ ދޮންފަނާއެވެ. ދެ ވަނަ ސެމީގައި ބުރާސްފަތި ދުވަހު ކިހާދޫ ނުކުންނާނީ އޭދަފުއްޓާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.