ގޮއިދޫގައި ކައިޓްސާފިން ކޭމްޕެއް

ގޮއިދޫގައި ކުރިއަށްދާ ކައިތް ސާފިން ކޭމޕްގެ ތެރެއިން– އީޓީ ފޮޓޯ- ޒުހުދާ

ބ. ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީން އިން އިންތިޒާމުކޮށްގެން އެ ރަށޫގައި ކައިޓްސާފިންގް ކޭމްޕެއް ފަށައިފިއެވެ.

މިއަދުން ފެށިގެން ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޭމްޕްގައި 30 ކުއްޖަކު ބައިވެރިވެ އެވެ.


މޫދު ކުޅިވަރުތަކަށް ގޮއިދޫގެ ޒުވާން ކުދިން ނެރުމުގެ އެންމެ ބޮޑު ދަރުރެއް އަދާކުރާ އެރަށު ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީގެ ރައީސް ހަސަން ނިޒާމް ބުނި ގޮތުގައި މިއީ ކައިޓްސާފިން އަށް ޝައުގުހުރި ކުޑަ ކުދިންނަށް ކައިޓް ސާފިންގެ ހުނަރުތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ބާއްވާ ކޭމްޕެކެވެ. މިކޭމްޕަށް ގޮއިދޫގެ އިތުރުން އެހެނިހެން ރަށްރަށުން ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އޭނާ ބުންނެވެ.

”އަޅުގަނޑުމެން މިފަހަރުގެ ކޭމްޕް އަމާޒުކޮށްފައި މިވަނީ 18 އަހަރުން ދަށުގެ ކުދިނަން. ހަމައެކަނި މިރަށުން ވެސް 30 ކުދިން ވަނީ ބައިވެރި ވެފައި އަދި އެހެން ރަށް ރަށްރަށުން 10 ކުދިން   ބައިވެރިވާން ހަމަޖެހިފަވީ ނަމަވެސް އެ ކުދިންނަަށް އެކި އެކި ސަބަބުތަކާހުރެ ވަނީ އާދެވޭ ގޮތް ނުވެފައި.“ ނިޒާމް ބުންޏެވެ.

މި ކޭމްޕްގައި ބައިވެރިވި ކުދިންނަށް އެކުދިންގެ ލެވެލްއާއި ގުޅޭ ގޮތަށް އިންޓަނޭޝަނަލް ކައިޓް ސާފިންގް އޯގަނައިޒޭޝަން ގެ ސެޓްފިކެޓް އެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ ގޮއިދޫގެ އެންމެ ބޮޑު ފަހުރަކީ ކައިޓްސާފިންގައި މުޅި ރާއްޖޭގައި މިހާރު މަޝްހޫރުކަން ހޯދާފައިވާ އުމުރުން ހަސަން މާހިރު (ހަންޓޭ) އެވެ. އޭނާ ވަނީ ރާއްޖޭގެ އިތުރުން ބޭރުގައި ވެސް އެތައް ބަޔަކު ހައިރާންކޮށްލައިފަ އެވެ. ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި ވާދަކުރާ ދިވެހި ޓީމްތަކާއި އަދި ރާއްޖޭގައި ބާއްވާ ކައިޓް ސާފިން މުބާރާތްތައް މިއަދު ޑޮމިނޭޓްކުރަނީ ހަންޓޭ ފަދަ އެ ރަށުގެ ކުދިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.