ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުން ގޮއިދޫ އަތުން 1-0 އިން މޮޅުވެ ދޮންފަނު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ދޮންފަނު ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވާދަވެރި ކުޅުމެއް ފެނުނެވެ. މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭތީ ދެ ޓީމުން ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދޮންފަނު ޓީމަށް ކާމިޔާބުކޮށްދިނީ މެޗު ނިމެން 9 މިނިޓަށް ވެފައިވަނިކޮށް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އަހުމަދު އިފްހާމް އެވެ.
ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތަކީ ބ. އަތޮޅުގެ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ ކޮށްގެން މިއަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތެވެ.
މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލުގައި މާދަމާ ކިހާދޫ ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަން އޭދަފުއްޓާ އެވެ. މެޗުގެ ކުޅުން ފަށާނީ ހަވީރު 15:45 ގަ އެވެ.