ހައްޖު މަހާ ދިމާކޮށް ސައުދީ އަރަބިއްޔާ އަށް އަގު ހެޔޮކޮށް ގުޅާލެވޭ ޕްރޮމޯޝަނެއް ދިރާގު އިން ފަށައިފި އެވެ.
މުއާސަލާތީ ކުންފުނިން ބުނީ މިމަހުގެ 31 ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ދިރާގު ކަސްޓަމަރުންނަށް މިނެޓަކު 1.89ރ. އަށް ސައުދީއަށް ގުޅޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި ދިރާގުގެ އެ ޕްރޮމޯޝަނަލް ޕެކޭޖުން ސައުދީ އަށް ގުޅުމަށް ނަމްބަރުގެ ކުރިޔަށް 019 ޖެހުމަށް ފަހު ސައުދީ ނަމްބަރަކަށް ގުޅުމުން އަގު ހެޔޮ ރޭޓުގައި ހިދުމަތް ހޯދޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
އެ ކުންފުނިން ބުނީ މި ޕްރޮމޯޝަނަކީ ހައްޖާޖީންގެ އާއިލާތަކަށް ހާއްސަ ޕްރޮމޯޝަނެއް ކަމަށާއި ސައުދީއަށް ގުޅުމަށް ރާއްޖޭގައި ދެވޭ އެންމެ އަގު ހެޔޮ ޕްރޮމޯޝަނަކީ މިއީ ކަމަށެވެ. ދިރާގުން ވޭތުވެ ދިޔަ އަހަރު ދުވަސްތަކުގައި ވެސް ވަނީ ހައްޖަށް ދާ ފަރާތްތަކަށް އަގުހެޔޮކޮށް ގުޅާލެވޭނެ ޕުރޮމޯޝަންތަކެއް ކުރިއަށްގެންގޮސްފަ އެވެ.