ކިހާދޫ ބަލިކޮށް އޭދަފުށި ފައިނަލަށް

ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން މިއަދު 3-1 އިން ކިހާދޫ ބަލިކޮށް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށި ފައިނަލުގެ ފަހު ޖާގަ ހޯދައިފަ އެވެ.

އަންނަ ހޮނިހިރު ދުވަހު ހަވީރު ކުޅޭ ފައިނަލް މެޗުގައި އޭދަފުށި ނުކުންނާނީ ދޮންފަނާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ވަނީ 3-3 އިން އެއްވަރުވެފަ އެވެ.

ދޮންފަނު ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ 6 ވަނަ މިނިޓްގައި އޭދަފުއްޓަށް ލީޑު ނަގައިދިނީ އަލީ ނަސީމު އެވެ. އޭގެ 11  މިނިޓް ފަހުން ކިހާދު ޓީމުގެ އިބްރާހިމް އަފްޒަލް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އޭދަފުއްޓަށް ލީޑުފުޅާކޮށްދިނީ އިބްރާހިމް ޝަރީފު އެވެ.

އޭދަފުއްޓަށް ތިންވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި  ހުސައިން ޝަރީފު އެވެ.

ދޮންފަނު އިންވިޓޭޝަން ކަޕުގައި ކުޅެނީ ބ. އަތޮޅުގެ 23 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ކިހާދޫ ބަލިކޮށް ތަށި އުފުލާލީ އޭދަފުށިންނެވެ.

އޭދަފުއްޓާއި ދޮންފަނު ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު 15:45ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.