ދިރާގުން މުޅިން އާ މޯބައިލް އިންޓަނެޓްގެ ދެ ޕެކޭޖެއް ތައާރަފް ކޮށްފި

ދިރާގުގެ ޕްރޮމޯޝަނަކާ ބެހޭ ގޮތުން އިމްޖާދު ވާހަކަދައްކަވަނީ
ދިރާގުގެ ޕްރޮމޯޝަނަކާ ބެހޭ ގޮތުން އިމްޖާދު ވާހަކަދައްކަވަނީ

 

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށްގެން މުޅިން އާ މޯބައިލް އިންޓަނެޓްގެ ދެ ޕެކޭޖެއް ތައާރަފް ކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި ދިރާގުގެ ސީނިއާ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕީއާރު އެގްޒެކެޓިވް އިބްރާހީމް އިމްޖާދު ޖަލީލު ވިދާޅުވީ އަލަށް ތައާރަފް ކުރެވުނު ދެ ޕެކޭޖަކީ ވެސް ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފް ކުރި ދެ ޕެކޭޖް ކަމަށެވެ.

އެގޮތުން “އަވާލީ ޕެކޭޖް” ގެ ނަމުގައި ތައާރަފް ކުރި އެ ޕެކޭޖުން އެއް ގަޑިއިރަށް މޯބައިލް އިންޓަނެޓުގެ ހިދުމަތް ބޭނުންފުޅުވާ ކަސްޓަމަރުންނަށް މޯބައިލް އިންޓަނެޓް ލިބިގެންދާނެ ކަމަށާއި “ޑެއިލީ ޕެކޭޖް” ގެ ނަމުގައި ތައާރަފް ކުރި އެ ޕެކޭޖުން 24 ގަޑިއިރަށް މޯބައިލް އިންޓަނެޓުގެ ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާގުން ތައާރަފް ކުރި އެއް ގަޑިއިރަށް މޯބައިލް އިންޓަނެޓުގެ ހިދުމަތް ލިބޭ ޕެކޭޖުގެ އަގަކީ އެންމެ 10ރ. އެވެ. އަދި 24 ގަޑިއިރަށް މޯބައިލް އިންޓަނެޓުގެ ހިދުމަތް ލިބޭ އެ ޕެކޭޖުގެ އަގަކީ އެންމެ 25ރ. އެވެ.

މި ޕެކޭޖުތައް ނަގަން ބޭނުންވާ ފަރާތްތަކުން އޭޑީޑީ ޖެހުމަށް ފަހު ހުސް ތަންކޮޅެއް ދޫކޮށް، ޕެކޭޖުގެ ކީވޯޑް ޖަހާފައި 343 އަށް އެސްއެމްއެސްއެއް ފޮނުވުމުން ޕެކޭޖު އެކްޓިވޭޓް ވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.