ހުނަރުވެރި ކުޅުންތެރިން އެބަތިބި، ކުރިއަށްދާން ބޭނުންވަނީ ރަނގަޅު ކޯޗެއް: ސިލްވެސްޓާ

“ޒުވާން ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅު. މިއަދު އަހަންނާ އެކު އޭދަފުށީ ޓީމުގެ ކުޅުންތެރިން ބައިވެރިވުމުން އަހަރެންނަށް އެ މީހުންގެ ފެންވަރު ވަޒަންކޮށްލެވިއްޖެ. ކުޅުންތެރިންނަށް ބޭނުންވަނީ ރަނގަޅު ކޯޗެއްގެ އިރުޝާދު، މަސައްކަތް ކޮށްފިއްޔާ އޭދަފުށި ޓީމަށް ކުރިއެރުން ހޯދޭނެ، މިރަށުގައި ފުޓްބޯޅައިގެ ކުރިމަގު އެބައޮތް،”

އިއްޔެ ހަވީރު ބ. އޭދަފުށީ ޓާފްދަނޑުގައި ސޮނެވާފުށި ޓީމަކާއި އޭދަފުށީ ފުޓްބޯޅަ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗެގައި ސޮނެވާފުށީ ޓީމަށް ކުޅުނު ފްރާންސާއި މެންޗެސްޓަރ ޔުނައިޓެޑް އަދި އާސެނަލްގެ ކުރީގެ ޑިފެންޑަރު މިކޭލް ސިލްވެސްޓާ މެޗަށްފަހު ދެއްކީ ބުންޏެވެ. މި މެޗު 5-0އިން ކާމިޔާބުކުރީ ސޮނޭވާފުއްޓެވެ.

މި މެޗަށްފަހު، އާއިލާ އާއެކު ސޮނެވާފުއްޓަށް ޗުއްޓީ ހޭދަކޮށްލަން އައިސްހުރި ސިލްވެސްޓާ އާ އެކު ފޮޓޯ ނަގައި އަދި އޮޓޯގްރާފް ހޯދަން ބޭނުންވި މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުންނަށް އެ ފުރުސަތުވަނީ ދީފައެވެ.

މިކޭލް ސިލްވެސްޓާ ޗުއްޓީ ހޭދަކުރުމަށް މިދިޔަ އަހަރު ވެސް ސޮނެވާފުއްޓަށްއައެވެ.

ޔުނައިޓެޑްގެ އެންމެ ކާމިޔާބު ދުވަސްވަރު އެކުލަބަށް ކުޅުނު ސިވެސްޓްރޭވަނީ ޕްރިމިއަރ ލީގު 5 ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު، ފީފާ ކުލަބު ވޯލްޑް ކަޕް، އެފްއޭ ކަޕް، އަދި ލީގް ކަޕްވެސް ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.