ކޭހިލްގެ އެކަޑަމީން އޭދަފުށީ ކުދިންނަށް ފުޓްބޯޅަ ކޭމްޕެއް

އަމިއްލަފުށީ ޓްރެއިނިން ކޭމްޕްގެ ތެރެއިން– އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އޮސްޓްރޭލިއާ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލި އޮސްޓްރޭލިޔާގެ ކޭހިލްގެ ފޯ ސެވަންޓީން އެކެޑަމީއާ އަމިއްލަފުށި ރިސޯޓާ ގުޅިގެން އޭދަފުށީ ކުދިންނަށް ހާއްސަ ފުޓްބޯޅަ ކޭމްޕެއް  އެ ރިސޯޓްގައި ފަށައިފި އެވެ.

އަމިއްލަފުށިން ވަނީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ކޭހިލް ފުޓްބޯލް އެކެޑަމީއާ އެކު އޭދަފުށީ ކުދިންނަށް ހާއްސަކޮށްގެން ފުޓްބޯޅައިގެ ޕްރޮގްރާމެއް ހިންގައިފަ އެވެ.

އަމިއްލަފުށީ ޓްރެއިނިން ކޭމްޕްގެ ތެރެއިން– އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ރިޒޯޓުގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް، ބްރިންޑާ ހޯރާ ވިދާޅުވި ގޮތުގައި މި ކޭމްޕަކީ އެއްވެސް އަގެއް ނުނަގައި އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ކޭމްޕަކީ ރިޒޯޓުގައި ކުރިއަށްގެންދާ ފެސްޓިވް ފުޓްބޯލް ކޭމްޕުގެ ތެރެއިން އެއްވެސް އަގެއް ނުނަގައި އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކޭމްޕްގައި އޭދަފުށީ ކުދިންގެ އިތުރުން އަމިއްލަފުށިން ދެން ފުރުސަތު ދިނީ އަމިއްލަފުށި ރިސޯޓަށް އަންނަ ފަތުރުވެރިންގެ ކުދިންނަށެވެ.

އަމިއްލަފުށީ ޓްރެއިނިން ކޭމްޕްގެ ތެރެއިން– އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ތަޖުރިބާކާރު ޓްރެއިނަރުންނާ އެކު ކޭހިލްގެ ޓީމު އަމިއްލަފުށީގައި ކުރިއަށްގެންދާ ހަތަރު ދުވަހުގެ ޓްރެއިނިން ކޭމްޕްގައި ދުވާލަކު 1 ގަޑިއިރާއި ބައި ތަމްރީންދެ އެވެ. މި ޓްރެއިނިން ކޭމްޕްގައި ޖުމްލަ އެއްކޮށް 40 ކުދިން ބައިވެރިވި އެވެ. ޓްރެއިނިންގައި ގިނަ ކަންތައްތަކެއް ދަސްކޮށްދޭއިރު، ކޭހިލްގެ އެހީތެރިއަކަށް އެންމެ އިސްކޮށް އެ މަސައްކަތުގައި ހުންނަނީ އިނގިރޭސި ފުޓްބޯޅަ އަށް 25 އަހަރު ހިދުމަތްކޮށްދިން އަދި ގިނަ ފުތްބޯލަ ތަރިންނެއް އުފެއްދި އެކެޑަމީ ކޯޗު ރޮބީ އެންޑަސަން އެވެ.

އަމިއްލަފުށީ ޓްރެއިނިން ކޭމްޕްގެ ތެރެއިން– އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

މީގެ އިތުރުން ކޭހިލްގެ ޓީމު މެދުވެރިވެގެން ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ ގްރާސް ރޫޓްސްގެ ހަތަރު ކޯޗުންވެސް އެ އެކަޑަމީގެ މަސައްކަތްތަކަށް ހާނުވާ ތަމްރީނު ދެމުންނެވެ.

ޕްރިމިއާ ލީގުގެ އެވަޓަން އަށް ކުޅުނު ކޭހިލްގެ އެކެޑަމީ މަސައްކަތް ފެށީ މީގެ ހަތް އަހަރު ކުރިންނެވެ. ކޭހިލްގެ އެކެޑަމީން ވަނީ ކެނަޑާ، ޗައިނާ، ތައިލެންޑް އަދި އިންޑިއާގައި ވެސް މި ފަދަ ކޭމްޕްތައް ބާއްވައިފަ އެވެ.

ކޭހިލްގެ އެކަޑަމީން ވަނީ މިދިޔަ އަހަރު ޑިސެމްބަރުމަހު މިއަތޮޅު ދަރަވަންދޫ ކުދިންނަށްވެސް ޓްރޭން ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.