ދިރާގު ޕޯސްޓް ޕެއިޑް ސްމާޓް ތައާރަފްކޮށްފި

sss

ޕޯސްޓް ޕެއިޑް ސްމާޓްގެ ނަމުގައި ދިރާގު ކަސްޓަމަރުންނަށް ހާއްސަ ޕޯސްޓް ޕެއިޑް ޕެކޭޖުތަކެއް ތައާރަފުކޮށްފި އެވެ.

ދިރާގުގެ މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބުލިކް ރިލޭޝަންސް މުހައްމަދު މިރުޝާން ވިދާޅުވީ، މުޅިން އަލަށް މިއަދު ތައާރަފުކުރެވުނު ޕެކޭޖުތަކަކީ މޯބައިލްޑޭޓާއާ ހިލޭ ގުޅޭ މިނެޓާ އެސްއެމްއެސްއަދި އައިޑީޑީ ކޯލް ކުރުމަށް ދިރާގު ކަސްޓަމަރުންނަށް ޑިސްކައުންޓްލިބޭގޮތަށް ތައްޔާރުކޮށްފައިވާ ޕެކޭޖުތަކެއް ކަމަށެވެ.

ދިރާގުން އަލަށް ތައާރަފުކުރި ޕެކޭޖުތަކުގައި ހިމެނެނީ ސްމާޓް ވަން ސިކްސް ނައިން، ސްމާޓް ތްރީ ނައިން ނައިން، ސްމާޓް ފައިވް ނައިން ނައިން، ސްމާޓް ސެވަން ނައިން ނައިން އަދި ސްމާޓް ޕްރިމިއަމް އެވެ.

މިރުޝާން ވިދާޅުވީ، މިޕެކޭޖުތަކުން ލިބޭ ފައިދާގެ ތެރޭގައި ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ނަމްބަރަކަށްވެސް ގުޅުމަށް އެންމެ ގިނަ ހިލޭ މިނެޓް ލިބޭނެ ކަމަށެވެ. އެގޮތުން ސްމާޓް ޕްރިމިއަމް ޕެކޭޖުން ފަސްހާސް މިނެޓް ހިލޭ ލިބެ އެވެ.

“އެންމެ ބޮޑު ޑޭޓާ އެލަވަންސް ހައެއް ޕޮއިންޓް ފަހެއް ޖީބީއާ ހަމައަށް ލިބޭއިރު އެންމެ ބޮޑު އައިޑީޑީ ޑިސްކައުންޓްގެ ގޮތުން ސާޅީސް ޕަރސެންޓް ލިބޭނެ. ސްމާޓް ޕެކޭޖުތަކުގެ ތެރެއިން އެންމެ ކުޑަ އަގެއްގައި ނެގޭ ޕެކޭޖަކީ ސްމާޓް ވަން ސިކްސް ނައިން. އަދި ޕްލޭންގެ ބޭރުން އިތުރަށް ޑޭޓާ ބޭނުން ކުރުމަށް އެންމެ ހެޔޮއަގުގެ ގޮތުގައި އެމްބީއަކަށް އެންމެ ދިހަލާރިވެސް ހިމެނޭނެ،” މިރުޝާން ވިދާޅުވިއެވެ.

ދިރާގުން ބުނީ މިޕެކޭޖު ތައާރަފުކުރުމާއެކު ކުރިން ދިރާގުން ތައާރަފުކޮށްފައިވާ ޕޯސްޓްޕެއިޑް ޕެކޭޖުތައް ދޫނުކުރާނެ ކަމަށެވެ. އަދި މުޅިން އަލަށް ޕޯސްޓްޕެއިޑްގެ ހިދުމަތް ބޭނުންވާ ކަސްޓަމަރުން ދެން ބޭނުން ކުރަން ޖެހޭނީ ސްމާޓް ޕެކޭޖުގެ ޕްލޭންއެއް ކަމަށް ވިދާޅުވިއެވެ.

ދިރާގުގެ ޕޯސްޓްޕެއިޑް ހިދުމަތް ބޭނުންކުރާ ފަސްދޮޅަސް ފަސްހާހަށްވުރެ ގިނަ ކަސްޓަމަރުން މިހާރު އެބަތިއްބެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.