އެންމެ ހަލުވި އަންލިމިޓެޑް އިންޓަނެޓް ޕެކޭޖް ދިރާގުން ތައާރަފްކޮށްފި

image006

ދިރާގުން ޕްރޯ އަންލިމިޓެޑް 15 އެމްގެ ނަމުގައި މިވަގުތު ރާއްޖޭގައި ލިބެންހުރި އެންމެ ހަލުވި އޭޑިއެސްއެލް އިންޓަނެޓް ޕެކޭޖެއް ތައާރަފްކޮށްފިއެވެ.

ދިރާގު އަންލިމިޓެޑް އިންޓަނެޓް ޕެކޭޖްތަކުގެ ތެރެއަށް އިތުރުކުރެވިގެން މިދިޔަ ޕްރޯ އަންލިމިޓެޑް 15 އެމް ޕެކޭޖަކީ ހަލުވި އިންޓަނެޓް ސްޕީޑް ބޭނުންފުޅުވާ ބޭފުޅުންނަށް އެންމެ އެކަށީގެންވާ ޕެކޭޖެއެވެ. ސަބަބަކީ 15 އެމް.ބީ.ޕީ.އެސް އާއި ހަމައަށް އިންޓަނެޓް ސްޕީޑް ލިބޭ ހަމައެކަނި އިންޓަނެޓް ޕެކޭޖަކީ މި ޕެކޭޖެއެވެ. އަދި މި ޕެކޭޖަކީ މަހުފީ ފިޔަވައި އިތުރު ފައިސާއެއް ބިލަށްނާރާ ޕެކޭޖެކެވެ. މި ޕެކޭޖްގެ މަހުފީއަކީ 1690 ރުފިޔާއެވެ.

ދިރާގު ސީނިއަރ މާކެޓިންގ ކޮމިއުނިކޭޝަންގެ ޕަބްލިކް ރިލޭޝަންސް އެގްޒެކްޓިވް ވިދާޅުވި ގޮތުގައި ރާއްޖޭގައި އެންމެ ފުޅާކޮށް އެޑީއެސްއެލް އިންޓަނެޓް ފޯރުކޮށްދޭ ކުންފުނީގެ ހައިސިއްޔަތުން ދިރާގު އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުން ބޭނުންފުޅުވާގޮތަށް ހިދުމަތްތައް ބައްޓަންކުރާށެވެ. އެގޮތުން ކަސްޓަމަރުން އެންމެ ބޭނުންފުޅުވާނެ ގޮތަށް ތަފާތު ޕެކޭޖްތައްކެއް ހެޔޮ އަގުތަކެއްގައި ރަގަޅު ހިދުމަތެއްލިބޭނެ ގޮތަށް ތައްޔާރުކުރުމަކީ ދިރާގުގެ އަމާޒެވެ.

ޕްރޯ އަންލިމިޓެޑް 15 އެމް ޕެކޭޖްވެސް ދިރާގުގެ ކަސްޓަމަރ ޕްރަންޓް އޮފީހުން ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ވަނީ ދާދިފަހުން ގޭގެއަށް އިންޓަނެޓް ހިދުމަތް ގުޅައިދިނުމުގެ އަގު ވެސް ވަރަށް ބޮޑަށް ހެޔޮކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. baa

    ހިދުމަތް ކިތައްމެހާވެސް ރަގަޅު ..އެކަމަކު އަދިވެސް މިއުޅެނީ ރޭންޖް ކެނޑޭވަރުން ތަަނަކަށް ގުޅާނުލެވިގެން…ދެން ކީއްކުރާނީ..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.