ބީއޭއީސީ ގްރާސްރޫޓްސް އެކަޑަމީ އަށް އެފްއޭއެމްގެ އެހީތެރިކަން

ގްރޫސްރޫޓްސް އެކަޑަމީގެ ތަމްރީންތައް ނިންމާލުމުގެ ގޮތުން މިދިޔަ އަހަރު ބޭއްވި ފެސްޓިވަލްގެ ތެރެއިން-

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އިން ހިންގާ ގްރާސްރޫޓްސް އެކަޑަމީއަށް މިއަހަރު އެފްއޭއެމްގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭދަފުށީގައި ގާއިމުކޮށްފައި ހުންނަ ޒޯން ޑިވެލޮޕްމަންޓް އޮފީހުން ބުނެފި އެވެ.

ޒޯން ޑިވެލޮޕްމަންޓް އޮފިސަރު މުހައްމަދު ޒާހިދު (ބައްޓޭ) ބުނި ގޮތުގައި މި ޕްރޮގްރާމު މިއަހަރު ހިންގާނީ އެފްއޭއެމްގެ ވެސް އެހީތެރިކަމާއެކު ސްކޫލާ ގުޅިގެން ވަކި ކަރިކިއުލަމެއްގެ ދަށުންނެވެ.

ޒޯން ޑިވެލޮޕްމަންޓް އޮފިސަރ މުހައްމަދު ޒާހިދު (ބައްޓޭ)

“އޭގެ މާނައަކީ އެކުދިންނަށް ވަކި ސިސްޓަމެއްގެ ދަށުން މިފަހަރު ޓްރޭނިންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ. ދެން ކޮންމެ މަހަކު ވެސް ޕޭރަންޓުންގެ ފީޑްބެކް ބަލާނަން އަދި ދަރިވަރުގެ ބައެއް ކަންތައްތައް ވެސް ބަލާން،” ބައްޓޭ ބުންޏެވެ.

މީގެ އިތުރުން މިއަހަރުގެ ގްރާސްރޫޓްސް ޕްރޮގްރާމުގެ ހާއްސަ އިސްކަމެއް ދޭނީ ބައްޓޭ ބުނި ގޮތުގައި ކުދިންގެ ކިޔެވުމުގެ ކަންތައްތައް ބަހައްޓަންވީ ގޮތާއި ނިދުމާއި ކެއުމުގެ ކަންތައްތައް ބަހައްޓަންވީ ގޮތާ ބެހޭ ގޮތުންނެވެ.

“އެގޮތުން ކޮންމެ މަހަކު އެއްފަހަރު ނޫނީ ތިން މަހުން އެއްމަހު ކުދިންގެ ކްލާހުގައި ޓީޗަރުންނާ ބައްދަލުކޮށް ފީޑުބެކް ދޭނަން. މީގެ އިތުރުން އެފްއޭއެމްގެ ޓެކްނިކަލް ބޭފުޅުން ގެނެސް ޓްރޭނިންތަކުގައިވެސް ތިންމަހު އެއްމަހު ކަހަލަ ގޮތަކަށް ބައިވެރި ކުރެވޭތޯ މިބަލަނީ،”

މިއަހަރަށް ގްރޫސްރޫޓްސް އެކަޑަމީގެ ތަމްރީންތައް ނިންމާލުމުގެ ގޮތުން ބޭއްވި ފެސްޓިވަލްގެ ތެރެއިން-

މީގެ އިތުރުން މިއަހަރު އެފްއޭމްގެ ފަރާތުން ގްރާސްރޫޓްސް ޕްރޮގްރާމަށް ކުޅިވަރު އިކްއިޕްމަންޓާއި ބޯޅަ ފަދަ ތަކެތި ފޯރުކޮށްދޭ ގޮތަށް އެފްއޭއެމުގެ ރައީސް ހަމަޖައްސައިދީފައިވާ ކަމަށް ވެސް ބައްޓޭ ބުންޏެވެ.

ރާއްޖޭގެ އަށް ޒޯނެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމުކޮށް ފުޓްބޯޅަ ތަރައްގީކުރުމުގެ މަސައްކަތް އެފްއޭއެމުން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އަށް ޒޯނުގެ ތެރެއިން އޭދަފުށީގައި ފުޓްބޯޅަ ޑިވެލޮޕްމެންޓް އޮފީސް ރަސްމީކޮށް އިފްތިތާހު ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ. އެފްއޭއެމުން ޒޯންތަކަށް ބަހާލައިގެން ފުޓްބޯޅަ ތަރައްގީކުރަން ނިންމީ ގްރާސްރޫޓުން ފެށިގެން އިންޓަ ސްކޫލް ލެވެލްގެ ފުޓްބޯޅަ މުބާރާތްތަކާއި ތަމްރީނުތައް އެ އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް އަމާޒުހިފައިގެންނެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން އަންނަނީ މިއަހަރަށް ގްރާސްރޫޓްސް އެކަޑަމީ ފެށުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން މިމަހު ކުރީކޮޅު ވަނީ ގްރާސްރޫޓްސް ކޯޗުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.