އުރީދޫ ޓަވަރުގައިހުރި ޑިސްތައްބާވެ، އާއްމުންނަށް ބޮޑެތި އުނދަގޫތަކެއް!

އުރީދޫ ޓެލެކޮމް އޭދަފުށީ ޓަވަރު. މި ޓަވަރުގައި ހުރި ޑިޝްތައް ހަލާކުވެ އޭގެ ސަބަބުން އެ ސަރަހައްދުގެ އާއްމުންނަށްވަނީ އުނދަގޫވެފައި-- އީޓީ ފޮޓޯ / ނަވާލް
އުރީދޫ ޓެލެކޮމް އޭދަފުށީ ޓަވަރު. މި ޓަވަރުގައި ހުރި ޑިޝްތައް ހަލާކުވެ އޭގެ ސަބަބުން އެ ސަރަހައްދުގެ އާއްމުންނަށްވަނީ އުނދަގޫވެފައި– އީޓީ ފޮޓޯ / ނަވާލް

 

އުރީދޫ ޓެލެކޮމް މޯލްޑިވްސްގެ ބ. އޭދަފުށީ ޓަވަރުގައި ބަހައްޓާފައިހުރި ޑިސްތައް ބާވެ، އޭގެ ސަބަބުން އެ ސަރަހައްދުގައި އުޅޭ އާއްމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ އަބޫބަކުރު ހުސައިން ބުނިގޮތުގައި، އުރީދޫ ޓަވަރުގައި ހުރި ޑިސްތަކުގެ ސަތަރިތައް ބާވެ އޭގެ ސްޕެންޖު ތަކާއި ސްޕެންޖުތަކުގެ ކުނޑީގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް އަންނަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންނެވެ. އަދި ހަލާކުވެފައިވާ އެ ޑިސްތަކުން ބައެއް ކަހަލަ ދަގަނޑު ކޮޅުކޮޅުވެސް އެ ސަރަހައްދުގެ ބައެއް ގޭގޭގެ ފުރާޅުތަކަށް ފައިބަމުން ދާކަމަށް އޭނާ ބުންޏެވެ. މި މައްސަލަ ބޮޑުވެގެން ގޮސް، އޭނާ ރަށު ކައުންސިލް އިދާރާއަށާއި އަތޮޅު ކައުންސިލް އަދި ފުލުހުންނަށްވެސް ވަނީ މައްސަލަ ހުށަހަޅާފައެވެ.

އުރީދޫ ޓެލެކޮމް އޭދަފުށީ ޓަވަރު. މި ޓަވަރުގައި ހުރި ޑިޝްތައް ހަލާކުވެ އޭގެ ސަބަބުން އެ ސަރަހައްދުގެ އާއްމުންނަށްވަނީ އުނދަގޫވެފައި-- އީޓީ ފޮޓޯ / ނަވާލް
އުރީދޫ ޓެލެކޮމް އޭދަފުށީ ޓަވަރު. މި ޓަވަރުގައި ހުރި ޑިޝްތައް ހަލާކުވެ އޭގެ ސަބަބުން އެ ސަރަހައްދުގެ އާއްމުންނަށްވަނީ އުނދަގޫވެފައި– އީޓީ ފޮޓޯ / ނަވާލް

 

“ބާވެފައިހުރި ޑިސްތަކުން ފައިބާ ކުނޑިއާ އުދަގުލާހެދި މިހާރުވަނީ މިސަރަހައްދުގެ މީހުންގެ ދިރިއުޅުމަށް އުނދަގޫވެފައި، ފުރާޅުތަކުގައި ހުސް އޭނގެ ކުނޑިއާއި ސްޕެންޖް އަދި ދަނގަޑު ކޮޅުކޮލޫ. ވާރޭ ވެހުނަސްވާރޭ ފެން ނެގޭކަށެއް ނެތް. ހަގީގަތުގައި ވެސް އަޅުގަނޑުމެންނަށް ވަރަށް ދަތިވޭ، ކައުންސިލަށް ހުށަހެޅީމަ ބުނީ އެ ކަންތައް ކަމާބެހޭ ފަރާތަށް މިހާރު ވާނީ އަންގާފައި ކަމަށް، މިހާރު މަސްދުވަސް މިވަނީ އަދިވެސް ހައްލެއް ނާދޭ،” އަބޫބަކުރު ބުންޏެވެ.

އަބޫބަކުރު ބުނީ، މި ރޯދަމަސް ނިމުމުގެ ކުރިން މި މައްސަލައަށް ހައްލެއް ނުލިބިއްޖެ ނަމަ، އެ ސަހައްދުގެ އާއްމުން ނުކުމެ މައްސަލަ ހައްލުކުރުމަށް ތިބީ ތައްޔާރަށް ކަމަށެވެ.

“ރޯދަމަސް ފަހުން އަހަރެމެން ޓަވަރަށް އަރާ ޑިޝްތައް ތިރިއަށް ބާލަން މި ވިސްނަނީ، އަހަރެމެން ހުއްޓުވަން ޖެހޭނީ ޕޮލިހުން އައިސް” އޭނާ ބުންޏެވެ.

ކައުންސިލުން މިއަދު ބުނީ އެ މައްސަލަ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

6 ކޮމެންޓް

  1. މުހައްމަދު

    ބަލަ، ކައުންސިލާ ދިމާއަށް އެއްޗެހި ގޮވާއިރު، އެ ޓަވަރަކީ ކައުންސިލުން ބަލަހައްޓައި މަރާމާތުކުރަންޖެހޭ ތަނެއްތަ؟ ތަނެއް ދޮރެއްވެސް އެނގޭ ބައެއް ނޫންދޯ؟ކައުންސިލުން އެ ބުނަނީ އޭގެ ވެރިފަރާތަށް އަންގައިފީމޭ.

    ރައްދު
  2. unborn

    ކައުންސިލިރުން ތިބީ ނިދާފަތަ މިވަރުވެގެން ދާއިރު…..؟މަށައް ފެންނަނީ އެމީހުން ހޭލާވަރު ކޮށްލަން ގިނަބަޔަކައް އުނދަގޫވާ ކަންތައް ހައްލުކުރުމައްވުރެއް ބޮޑަށް އެމީހުން ބަލަނީ ކާރު ދުއްވާ މީހެއްގެ މަސްލަހަތައް. ޕީޕީއެމްގެ ހުރިހާ ކައުންސިލަރުން ތިބެނީ އޭނަގެ ދަށުވެފަ….. އޭދަފުށި މީހުން ރަންގަޅީ ހިސާބައް ވުރެއް.

    ރައްދު
  3. majaa

    އޭދަފުށިގައި ތިބޭ އުރީދޫ ސްޓާފުންގެ އެއްވެސް ހަރުދަނާ ކަމެއް ނެއް. ހިތަށް އެރި ގޮތަކަށް އުޅެމުން ދަނީ. ވަކިން ހާއްސަކޮށް ޓެކްނިކަލް މީހުންނަށް ވުރެ ސޭލްސް ޓީމްގެ މީހުންގެ ކަންތައް ފަލަ. ބަރާބަރަށް މުސާރަ ނަގަފަ ނިބެނީ ގޭގަ ނިދާފަ. ހުރިހާ ގެއްލުމެއް ކުންފުންޔަށް.
    ރޯދަ މަހުގެ ފަހުން މިކަމަށް ހައްލެއް ނުލިބިއްޖެ ނަމަ، ރަނގަޅަށް ހައްލު ގެންނާނަން

    ވ ސަލާމް

    ރައްދު
  4. majaa

    އޭދަފުށި ކައުންސިލެއް އޮވޭތަ ؟؟؟
    މަ ހީހީ ހަލާކު………..
    އޭދަފުށިގެ ރައްޔިތުންނަށް އެއްވެސް ފައިދާ ހުރި ކަމެއް ކުރާ ކައުންސިލެއް ނޫން.. އޭގެ ބަދަލުގައި މީހުންނަށް ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުމާއި ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރަން މަސައްކަތް ކުރާ ބައެއް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.