ފުލުހުން ބ. އަތޮޅުގައި މެޑިކަލް ކޭމްޕެއް ބާއްވަނީ

0_139565549744_news

ޑޮކްޓަރުންނަށް ހިލޭ ދެއްކޭގޮތަށް މާދަމާއިން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ބ. އަތޮޅުގައި މެޑިކަލް ކޭމްޕެއް ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

އެ ކޭމްޕަކީ ޕޮލިސް ފެމިލީ އެސޯސިއޭޝަނާއި ޕޮލިސް މެޑިކަލް ސާވިސް ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ.

އެ ކޭމްޕުގެ މައުލޫމާތު ދެމުން ފުލުހުން ބުނީ ޑޮކްޓަރުންގެ ޓީމުން ހުކުރު، ހޮނިހިރު އަދި އާދީއްތަ ދުވަހު އޭދަފުއްޓާއި މާޅޮސް އަދި ތުޅާދޫ އަށް ގޮސް ބަލިމީހުން ބަލާނެ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި މެޑިކަލް ކޭމްޕްގައި ކުޑަކުދިންނާއި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއި، ކަށީގެ ޑޮކްޓަރަކާއި ދަތުގެ ޑޮކްޓަރެއްގެ އިތުރުން ހިތުގެ އަދި ލޮލުގެ ބަލިތަކުގެ ޑޮކްޓަރަކުވެސް ފަރުވާ ދެއްވާނެ އެވެ.

ފުލުހުން ބުނީ މި ކޭމްޕުގައި ބައިވެރިވުމަށް މިހާރު ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މިކޭމްޕުގައި ޑޮކްޓަރަށް ދެއްކުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. ނަންނޯޓް ކުރުމަށް 6608311 ނުވަތަ 9791674 ނަންބަރާ ގުޅުމަށް ފުލުހުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. baa

    ވަރަށް ރަގަޅު..އަހަރެމެންވެސް ތިކަހަލަ ކޭމްޕު ބާއްވަފާނަން.އެއްވެސް ފަރުވާއެއް ނުދެވޭ..ޑޮކްޓަރުން ޕޭޝަންޓުން ހޯދަންވެގެން ކުރި ކަމެއްތީ..ކޮންމެ މީހަކު ކައިރީ ބުނަނީ މާލެ އަންނާށޭ ދައްކަން..ލަދުން ބޯ ހަލާކު..

    ރައްދު
  2. ޢަބްދުﷲ

    ރަގަޅު ކަމެއް ކޮށްދޭތީ ކޮމެންޓެއްވެސް ޖަހާލާނެ ކުއްޖަކުވެސް މީހަކުވެސްނުވި. މިއީ ދިވެހިންގެ އޭދަފުށީ މީހުންގެ ފެންވަރަކީ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.