އައްޑޫ ބަލިކޮށް އޭދަފުށި ސެމީ ފައިނަލަށް

އޭދަފުށި ބީޑީސީ
އޭދަފުށި ބީޑީސީ

 

މާލޭގައި މިހާރު ކުރިއަށްދާ ހަތްވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ސެމީ ފައިނަލަށް އޭދަފުށީ ބީޑީސީ ދަތުރު ކޮށްފި އެވެ.

ވޭތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަން އޭދަފުށި ބީޑީސީ ސެމީ ފައިނަލުން ޖާގަ ހޯދީ މިރޭ އައްޑޫ ހޮރިޒޮން އެކަޑަމީ  އާ ވާދަކޮށް ތިން މެޗު އެއް މެޗުން މޮޅުވެގެންނެވެ.

ފުރަތަމަ ސިންގަލްސް ގައި އޭދަފުށީގެ ހުސައިން މުހައްމަދު އާއި އައްޑޫގެ އިބްރާހީމް ނަޝީދު ބައްދަލުކުރި މެޗު 21-16 އަދި 21-7 ން ކާމިޔާބުކުރީ ހުސައިން މުހައްމަދެވެ.

ފުރަތަމަ ޑަބަލްސްގައި އޭދަފުށީގެ ތޮލާލް އަދި މަތީންގެ ޕެއާ އާއި އައްޑޫގެ އިބްރާހީމް އަދި ފަޒީލްގެ ޕެއާ ބައްދަލުކުރި މެޗް 21-16 އަދި 21-19 ން ކާމިޔާބުކުރީ ތޮލާލް އަދި މަތީންގެ ޕެއާ އެވެ.

ދެވަނަ ޑަބަލްސްގައި އޭދަފުށީގެ އައުޝާޒް އަދި ބާރީގެ ޕެއާ އާއި އައްޑޫގެ ނަޝީދު އަދި ޝިފާއުގެ ޕެއާ ބައްދަލުކުރި މެޗް 21-11 އަދި 22-20 ން ކާމިޔާބުކުރީ ނަޝީދު އަދި ޝިފާއުގެ ޕެއާއެވެ.

ދެވަނަ ސިންގަލްސްގައި އޭދަފުށީގެ ތޮލާލް އަބްދުއްރަހުމާން އާއި އައްޑޫގެ ހަސަން ވަހީދު ބައްދަލުކުރި މެޗް ދެސެޓް އެއްސެޓުން ކާމިޔާބުކުރީ ތޮލާލް އަބްދުއްރަހުމާން އެވެ. އެއީ 16-21 ، 21-12 އަދި 21-15 އިންނެވެ.

ސެމީ ފައިނަލު މެޗުތައް އޮންނާނީ މިއަދު ހަވީރު އެވެ. ސެމީ ފައިނަލް ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ނ. ހޮޅުދޫ ބިޑީސީ އާއި ތޮއްޑޫ އެވެ. ދެވަނަ ސެމީ ފައިނަލްގައި މިރޭ 8:00 ގައި ބައްދަލުކުރާނީ އޭދަފުށީ ބީޑީސީ އާއި މ. މުލި ބީޑީސީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.