
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ އެސްޓީއޯ އަށް ބ. އޭދަފުށިން ދޭން ނިންމި ބިން އެ ކުންފުނިން ދޫކޮށްލައިފި އެވެ.
އޭދަފުށީ ކައުންސިލގެ ރައީސް އަލީ ވަހީދު ވިދާޅުވީ ހިލައާއި ހިލަވެއްޔާއި ސިމެންތި އަދި ގޭސްފަދަ ތަކެތި ވިއްކުމަށްޓަކައި ހަދަންޖެހޭ ގުދަންތައް ހެދުމަށް އެސްޓީއޯ އިން އެދުމުގެ މަތިން މިރަށު “ދިގަލި” ގެ އާ ދިމާ ބަނދަރުމަތިން ދޭން ނިންމި 10،000 އަކަފޫޓްގެ ބިން އެ ކުންފުނިން ދޫކޮށްލީ އެ ސަރަހައްދަކީ ރަށުގެ މޫނުމަތި ކަމަށްވުމުން އެތަން ކަމުނުދާކަމަށް ބުނެ އެވެ.
“ކައުންސިލުގެ ޖަލްސާއިން ބިމުގެ އަގު ކަނޑައަޅާ ހުުރިހާ ކަމެއް ކޮށް ނިންމާފަ، ބިމާ ހަވާލުވާން އެންގީމަ މި ބުނަނީ މިހާރު ދެން އެތަނުން ބިން ބޭނުން ނުވާކަމަށް،” އަލީ ވަހީދު ވިދާޅުވި އެވެ.
ނަމަވެސް އެސްޓީއޯ އިން އެ ސަރަހައްދުން ބިން ބޭނުން ނުކުރަންބުނާ ސަބަބު އަލީ ވަހީދު ދޮގުކުރައްވަ އެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި އެސްޓީއޯއިން އެ ބިން ދޫކޮށްލީ ކޮންމެހެން ރަށުގެ މޫނަމަތި ކަމަށްވުމުން ނޫން ކަމަށާއި އެއީ ބައެއްގެ ނުފޫޒުން ކޮށްފައިވާ ކަމެކެވެ.
“މިއީ ސީދާ އޭދަފުށީގެ މަޝްހޫރު ވިޔަފާރިވެރިއެއްގެ ބާރުގެ ބޭނުން ކޮށްގެން، ޚާއްސަކޮށް އެސްޓީއޯގެ އެމްޑީ އާދަމް އާޒިމު ވަޒީފާއިން ވަކިކުރާނެ ކަމަށްބުނެ، އެސްޓީއޯ އަށް އެ ސަރަހައްދުން ދީފައިވާ ބިން ބޭނުން ނުކުރަން ނިންމީ. އޭގެ ސަބަބުން ރަށުގައި ޕާޓީގެ (ޕީޕީއެމް) ހަރަކާތްތަކަށް އަސަރުކުރުންވެސް އެކަށީގެންވޭ،” އަލީ ވަހީދު ވިދާޅުވި އެވެ.
3000 އަކަފޫޓުގެ ހަތަރުބުރީގެ އިމާރާތެއް އެސްޓީއޯއިން މިހާރުވެސް މިރަށުގައި ހިންގަމުން ގެންދާއިރު އެ ކުންފުނީގެ ހިދުމަތް އަތޮޅުގެ ރައްޔިތުންނަށް ލިބެމުންދާތާ ވިއްސަކަށް އަހަރުވަނީވެފަ އެވެ. ކާޑުގެ ބާވަތްތަކާއި ބައެއް އާއްމު މުދަލުގެ އިތުރުންވެސް ތަފާތު އެކި ސާމާނު ވިއްކަމުންދާ އެސްޓީއޯއިން އޭދަފުށީގައި ހިންގާ 132 ނަންބަރު ފިހާރައަކީ އަތޮޅުގެ ރައްޔިތުންގެ މެދުގައި މަގުބޫލު ފިހާރަ އެކެވެ.
ރައްޔިތުންނަށް ގެއްލުންހުރި މިފަދަ އެންމެހާ ކަންކަން ހުއްޓުވުމަށް އޭދަފުށީގެ ރައްޔިތުން މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރުމަށް ގޮވާލަން. އެންމެހާ ރައްޔިތުން، ތަރައްޤީއާއިގެން ކުރިޔަށް ދިއުމުގެ ރޫޙުގައި އަވަހަށް ތެދުވޭ.
އަހްމަދު ރަޝީދު (ސީޓޭ) ތިޔަ ބުނީ ހަމަ ރަގަޅަށް.
އެސްޓީއޯއިން ބޭނުންވަނީ އެބިން އެކަމަކު ނުފޫޒުވަރުގަދަ ބައެއްގެ ނުފޫޒުން އެބިން ދޫކޮށްލަން ޖެހުނީ……
އެންމެ މުހިންމު ވާންވީ، އަމިއްލަ ވިޔަފާރިވެރިޔާއެއްނޫން، އަދި ސިޔާސީ ޕާޓީއެއްވެސް ނޫން. އެންމެ މުހިންމީ ރައްޔިތުން. އެސްޓީއޯ ގެ ޚިދުމަތްދޭ ކަރުކަޒެއް ބިނާކުރުމުގެ ސަބަބުން، އޭދަފުށީގެ މޫނުމަތީގަ އޮންނަ “ދިގަލި” ކިޔާ ގޯތީގަ ކުރަމުން އަންނަ ޒަމާންވީ ވިޔަފާރި، ފަރުދާ ވެދާނެތީ، ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ އެމްޑީ ވަޒީފާއިން ވަކިކުރާނެ ކަމުގެ “އިންޒާރު” ދިނުމަށްފަހު، ރައްޔިތުންނަށް ޚިދުމަތްދޭން، ހުރަސް އެޅި އެޅުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއްނޫން. ޕީޕީއެމް އަށް ވެރިކަން ހޯދާދިނުމަށް ކެމްޕޭން ކުރީ، އަމިއްލަ މަސްލަޙަތު އިސްކޮށް ނިކަމެތި ރައްޔިތުމީހާގެ ކަރަށް ފައިން އެރުމުގެ މަޤްޞަދުގައި ކަމަށްވާނަމަ، އޭދަފުށިގެ ރައްޔިތުން ވިސްނަންޖެހޭ.