ބ. އަތޮޅުގެ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލުން ބައްދަލުކޮށްފި

ބ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި ޒިންމާދާރު ވެރިންނަށް އެ އަތޮޅުގެ އަތޮޅު ކައުންސިލުން ބައްދަލުކޮށް ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރެއިން -- ފޮޓޯ: އެލްޖީއޭ
ބ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި ޒިންމާދާރު ވެރިންނަށް އެ އަތޮޅުގެ އަތޮޅު ކައުންސިލުން ބައްދަލުކޮށް ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރެއިން —

ބ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި ޒިންމާދާރު ވެރިންނަށް މި އަތޮޅުގެ އަތޮޅު ކައުންސިލުން ބައްދަލުކޮށްފި އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ، މިއަތޮޅުގެ 13 ރަށް ދެ ބަޔަކަށް ބަހާލައިގެން ދެ ބުރެއްގެ މަތިންް ކުރިއަށް ގެންދިޔަ މި ބައްދަލުވުންތައް ބޭއްވުމުގެ މަގުސަދަކީ ރަށު ކައުންސިލުތަށް ހިންގުން ހަރުދަނާ ކުރުމާއި ލާމަރުކަޒީ ގާނޫނުން ލާޒިމުކޮށްފައިވާ ކަންތައްތައް ތަންފީޒު ކުރުމުގައި ހުރި ކަންތަކާއި މަޝްވަރާ ކުރުން ކަމަށެވެ. އަދި ކައުންސިލްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް މިއަހަރަށް އަތޮޅު ކައުންސިލުގެ މަސައްކަތު ތާވަލުގައި ހިމެނިފައިވާ ކަންތައްތައް ކުރުމާއިި މެދު މަޝްވަރާ ކުރުން ކަމަށްވެސް އަތޮޅު ކައުންސިލުން ބުނެއެވެ.

މި ބައްދަލުވުންތަކުގައި މިއަތޮޅު ރަށްތަކުގެ ކިޔަވާ ކުދިންގެ މެދުގައި ގުރުއާން މުބާރާތަކާއި ވާހަކަ ދެއްކުމުގެ މުބާރާތެއް ބޭއްވުމަށް މަޝްވަރާކޮށްފައި ވެ އެވެ. އަދި މީގެ އިތުރުން ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް ހެއްދުމާއި ސާވެޔަރުން ތަމްރީނުކުރުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.