އޭދަފުށީގައި ދަތުރުވެރިންގެ މާރުކޭޓެއް އަޅަނީ

އޭދަފުށީ ބަނދަރު ސަރަހައްދު، މި ސަރަހައްދުގައި ދަތުރުވެރިންގެ މާރުކޭޓެއް އަޅަންވަނީ ނިންމާފައި
އޭދަފުށީ ބަނދަރު ސަރަހައްދު، މި ސަރަހައްދުގައި ދަތުރުވެރިންގެ މާރުކޭޓެއް އަޅަންވަނީ ނިންމާފައި

 

ބ. އޭދަފުށީގައި ދަތުރުވެރިންގެ މާރުކޭޓެއް އަޅަން އަތޮޅު ނިންމައިފި އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ، ރަށްރަށުން އެކި ބޭނުންތަކަށް އޭދަފުއްޓަށް އަންނަ ފަރާތްތަކަށް ޚާއްސަކޮށްގެން މި މާރުކޭޓް ހަދަނީ އުތުރު ފަރާތު ދިގަލިގެއާ ދިމާ ބަނދަރުމައްޗަށްވާ ގޮތަށް ކަމަށެވެ..

ދަތުރުވެރިންގެ މާރުކޭޓެއް ހެދުމަށް ކައުންސިލަރުން މަޝްވަރާ ކުރަނީ
ދަތުރުވެރިންގެ މާރުކޭޓެއް ހެދުމަށް ކައުންސިލަރުން މަޝްވަރާ ކުރަނީ

 

އެތަނުގައި ދަތުރުވެރިންގެ މާރުކޭޓެއް ހަދަން ނިންމީ ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލުގެ މެންބަރުންނާއެކު ވާާހަކަދައްކައި، ހިޔާލު ބަދަލުކުރުމަށް ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.

އަތޮޅު ކައުންސިލުން ބުނިގޮތުގައި، މި މާރުކޭޓުގެ ސަބަބުން ދަތުރުވެރިންނަށް އެމީހުން ހައްދާ ތަރުކާރީގެ ބާވަތްތަކާއި މޭވާގެ ބާވަތްތަކުގެ އިތުރުން މަހުގެ ބާވަތްތަށް އަތޮޅުތެރެއަށް އެއްތަނަކުން ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. naseer

    މިއީ ހިޔާލެއްބާ ނުވަތަ ހުވަފެނެއްބާ……މީގެ ކުރިން ފެރީޓާމިނަލްއެއް އަޅަންވެސް ބިންގާއެޅި. ބިންގާވެސް އުދުއްސައިގެން ހިގައްޖެ. މިކަންވެސް ދުލުން ބެނެލުމާއެކު ބިމަށް ގަބައިގެން ނުދާނެ ވަރުކުރެއްވުމަށް ދަންނަވަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.