
ބ. އޭދަފުށީގައި ދަތުރުވެރިންގެ މާރުކޭޓެއް އަޅަން އަތޮޅު ނިންމައިފި އެވެ.
ބ. އަތޮޅު ކައުންސިލުން ބުނީ، ރަށްރަށުން އެކި ބޭނުންތަކަށް އޭދަފުއްޓަށް އަންނަ ފަރާތްތަކަށް ޚާއްސަކޮށްގެން މި މާރުކޭޓް ހަދަނީ އުތުރު ފަރާތު ދިގަލިގެއާ ދިމާ ބަނދަރުމައްޗަށްވާ ގޮތަށް ކަމަށެވެ..

އެތަނުގައި ދަތުރުވެރިންގެ މާރުކޭޓެއް ހަދަން ނިންމީ ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލުގެ މެންބަރުންނާއެކު ވާާހަކަދައްކައި، ހިޔާލު ބަދަލުކުރުމަށް ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.
އަތޮޅު ކައުންސިލުން ބުނިގޮތުގައި، މި މާރުކޭޓުގެ ސަބަބުން ދަތުރުވެރިންނަށް އެމީހުން ހައްދާ ތަރުކާރީގެ ބާވަތްތަކާއި މޭވާގެ ބާވަތްތަކުގެ އިތުރުން މަހުގެ ބާވަތްތަށް އަތޮޅުތެރެއަށް އެއްތަނަކުން ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
މިއީ ހިޔާލެއްބާ ނުވަތަ ހުވަފެނެއްބާ……މީގެ ކުރިން ފެރީޓާމިނަލްއެއް އަޅަންވެސް ބިންގާއެޅި. ބިންގާވެސް އުދުއްސައިގެން ހިގައްޖެ. މިކަންވެސް ދުލުން ބެނެލުމާއެކު ބިމަށް ގަބައިގެން ނުދާނެ ވަރުކުރެއްވުމަށް ދަންނަވަން.
ހުވަފެނީ ކަންކަން