ބ. ދަރަވަންދޫ ބޮޑުމަގުން ދުއްވާފައި ދިޔަ ސައިކަލެއް ރުކެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ވަރަށް ބޮޑަށް ޒަހަމް ވެއްޖެ އެވެ.
ދަރަވަންދޫން ވާހަކަދެއްކި މީހަކު ކިޔައިދިން ގޮތުގައި އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ މިރޭ 7:00 ހާއިރު އެރަށު ބޮޑު މަގުގެ ހުރަހަށް ވެއްޓިފައިއޮތް 50 ފޫޓަށްވުރެ ދިގު ރުކެއް ނުނަގައި އޮތުމުން. އެ މަގު އަނދިރި ވުމުގެ ސަބަބުން ސައިކަލު ކޮންޓްރޯލު ނުވެގެންނެވެ.
މި އެކްސިޑެންޓުގައި އަނިޔާވީ ދަރަންދޫ ގެސްޓު ހައުސްއެއްގައި މަސައްކަތް ކުރާ ޒުވާން އަންހެން ކުއްޖަކަށެވެ. އެކްސިޑެންޓުގެ ސަބަބުން އެ ކުއްޖާގެ ބޯ ވަނީ ފަޅައިގެން ގޮސްފަ އެވެ.
ދަރަވަންދޫ ސިއްހީ މަރުކަޒުން ބުނީ މިރޭ އެކްސިޑެންޓުވެގެން އަނިޔާވި ޒުވާނަކަށް އެ މަރުކަޒުގައި ފަރުވާދެމުން ދާކަމަށެވެ.
lol
keekey bunaani dhw
dhelo nidheetha ruhvehtiva
onah iruves
sikuga inan light ves netheetha