ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ސޮނެވާފުށިން ފަށައިފި

ބ. އަތޮޅު ތައުމީމީ މަރުކަޒުގެ ގްރޭޑް 3 ގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމަށް ފެށި ޕްރޮގްރާމުގެ ތެރެއިން. މި ޕްރޮގްރާޟުގައި ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ހިންގާނެ-- އީޓީ ފޮޓޯ / ތޯރިގް
ބ. އަތޮޅު ތައުމީމީ މަރުކަޒުގެ ގްރޭޑް 3 ގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމަށް ފެށި ޕްރޮގްރާމުގެ ތެރެއިން. މި ޕްރޮގްރާޟުގައި ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ހިންގާނެ– އީޓީ ފޮޓޯ / ތޯރިގް

 

ބ. އަތޮޅު ސްކޫލުތަކުގެ ގްރޭޑް 3 ގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ސޮނެވާފުށީ ރިސޯޓުން ފަށައިފި އެވެ.

މި ޕްރޮގްރާމު ފެށުމުގެ ގޮތުން ސޮނެވާފުށި ރިސޯޓުން ވަނީ މޯލްޑިވްސް ލައިފް ގާޑް އެސޯސިއޭޝަން އާއި ގުޅިގެން މިމަހުގެ 5-21 އަށް މާޅޮހުގައި ސްވިމިން އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ކޯހެއް ބާއްވައިފަ އެވެ.  އެ ޓްރޭނިން ޕްރޮގްރާމު ކުރިއަށްދިޔަ އިރު މާޅޮހު ސްކޫލުގެ ގްރޭޑް 3 ގެ 14 ދަރިވަރަކަށްވަނީ ފަތަން ދަސްކޮށްދީފަ އެވެ. އަދި އިއްޔެވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 3 ގެ ދަރިވަރުންނަށް މި ޕްރޮގްރާމު ފަށައިފަ އެވެ.

ސޮނެވާފުށީ ރިސޯޓުން ބުނި ގޮތުގައި އަންނަ މަހުގެ 4 ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި އެ ސްކޫލުގެ ގްރޭޑް 3 ގެ ފަންސާހަކަށް ދަރިވަރުން ބައިވެރިވެ އެވެ.

ބ. އަތޮޅު ތައުމީމީ މަރުކަޒުގެ ގްރޭޑް 3 ގެ ދަރިވަރުންނަށް ސޮނެވާފުށިން ފަތަން ދަސްކޮށްދެނީ-- އީޓީ ފޮޓޯ / ތޯރިގް
ބ. އަތޮޅު ތައުމީމީ މަރުކަޒުގެ ގްރޭޑް 3 ގެ ދަރިވަރުންނަށް ސޮނެވާފުށިން ފަތަން ދަސްކޮށްދެނީ– އީޓީ ފޮޓޯ / ތޯރިގް

 

ކުދިން މޫދާ އަހުލުވެރިކުރުވައި ތިމާވެއްޓަށް ލޯބި ޖައްސުވައި އަދި ވަށައިގެންވާ ވެއްޓަކީ ކިހާވަރެއްގެ ވެއްޓެއްކަން ކުދިންނަށް އަންގައިދިނުމުގެ ގޮތުން ފެށި މި ޕްރޮގްރާމުގެ އަމާޒަކީ ސޮނެވާފުށީ ރިސޯޓްގެ ކޮމިޔުނިޓީ އެންގޭޖްމަންޓް މެނޭޖަރު އައިޝާ ނިޔާޒު ވިދާޅުވި ގޮތުގައި މިއަހަރު ނިމުމުގެ ކުރިން ބ. އަތޮޅުގެ ހުރިހާ ރަށެއްގެ ގްރޭޑް 3 ގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމެވެ.

“އަޅުގަނޑުމެން މި ޕްރޮގްރާމު މި ފެށީ އޭދަފުއްޓާއި މާޅޮހުން، ޓާގެޓަކީ މިއަހަރު ނިމެންވާއިރަށް މި އަތޮޅުގެ ހުރިހާ ރަށެއްގެ ގްރޭޑް 3 ގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުން،” އައިޝާ ވިދާޅުވި އެވެ.

“އަދި ކުދިން މޫދާ އަހުލުވެރިކުރުވައި ތިމާވެއްޓަށް ލޯބި ޖައްސުވައި ވަށައިގެންވާ ވެއްޓަކީ ކިހާވަރެއްގެ ވެއްޓެއްކަން އަންގައިދީ މޫދަށް ކުނި ނޭޅުމަށް ބާރުއެޅުމަކީވެސް މި ޕްރޮގްރާމުގެ އަމާޒެއް. މި ޕްރޮގްރާމް ނިންމާލާފައި ހުރިހާ ކުދިންނަށްވެސް އެކުދިން ދިރިއުޅެމުންދާ ރަށުގެ ވަށައިގެންވާ ކަނޑުގެ ނުވަތަ މޫދުގެ އަޖައިބެއްފަދަ ރީތިކަން ދެކިލުމަށް ސްނޯކްލިން އެކްސްޕީރިއަންސެއް ދޭނެ. އަދި ހަމަ ކޮންމެ ކުއްޖަކަށްވެސް ގޮގްލްސް އެއް ހަދިޔާކުރެވޭނެ،” އައިޝާ ވިދާޅުވި އެވެ.

އައިޝާ ވިދާޅުވީ ފަތަން ދަސްކޮށްދޭ ޕްރޮގްރާމް ކުރިއަށް ގެންދާއިރު، ރަށްރަށުގެ ކައުންސިލުތަކާއި ސްކޫލު އަދި ފުލުހުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށާއި އެހެންކަމުން އެ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

ބ. އަތޮޅު ތައުމީމީ މަރުކަޒުގެ ގްރޭޑް 3 ގެ ދަރިވަރުންނަށް ސޮނެވާފުށިން ފަތަން ދަސްކޮށްދެނީ-- އީޓީ ފޮޓޯ / ތޯރިގް
ބ. އަތޮޅު ތައުމީމީ މަރުކަޒުގެ ގްރޭޑް 3 ގެ ދަރިވަރުންނަށް ސޮނެވާފުށިން ފަތަން ދަސްކޮށްދެނީ– އީޓީ ފޮޓޯ / ތޯރިގް

 

ކަނޑުތަކުގެ ދިރާސާ ކުރުމާއި ފިލްމް ހެދުމުގެ މަސައްކަތުގައި އުޅުއްވާ މިސްޓަ ޖޮން ބޮވަމާސްޓަރ އާއި ގުޅިގެން މިދިޔަ އަހަރުވެސް ސޮނެވާފުށީ ރިސޯޓުންވަނީ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ޕްރޮގްރާމުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 3 ގެ ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިންނަށް ފަތަން ދަސްކޮށްދީ، ރާއްޖޭގެ ކަނޑުތަކާއި ފަރުތަކުގެ ހާލަތް ދައްކުވައިދޭ ޑޮކިޔުމެންޓަރީއެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.