
މިދިޔަ ހަފްތާގައި ބަޔަކު ގަސްތުކޮށްފައި ރޯކޮށްލި، އޭދަފުށީ ކުނި ގޮނޑުގައި އަނެއްކާވެސް ރޯކޮށްލައިފި އެވެ.
އޭދަފުށީ ކައުންސިލުގެ މެންބަރަކު ވިދާޅުވީ ކުނި ގޮނޑުގައި މިފަހަރުވެސް ރޯކޮށްލާފައިވަނީ ގަސްދުގައި ކަމަށް ބެލެވޭ ކަމަށެވެ.
“މީގެ ދުވަސް ކޮޅެއް ކުރިން ވަނީ ކުނި ގޮނޑު އަންދާ ވަގުތު ރަށުތެރެއަށް ދުން އެރުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް އާންމުންނަށް އުނދަގޫވާ ކަމުގެ ޝަކުވާތައްވެސް ލިބިފައި. އަދި ކުނިއަޅާ ސަރަހައްދު އެހެން ސަރަހައްދަކަށް ބަދަލުކޮށްދޭންވެސް ވަނީ އެދިފައި. އޭގެ ފަހުން ގޮނޑުގައި އަލިފާނުގެ ހާދިސާތައް މި ހިނގަނީ،” ކައުންސިލުގެ މެންބަރަކު ވިދާޅުވި އެވެ.
ހިއްކި ބިމުގެ ހުޅަނގު ދެކުނު ކަންމަތީގައި އާއްމުން ދިރިއުޅޭ ސަރަހައްދާ ގާތްގަޑަކަށް 500 ވަރަކަށް ފޫޓް ދުރުގައި ހަދާފައިވާ ކުނި ގޮނޑުގައި ރޯވެފައިވާކަން، މެންދުރު ފަހު އެނގުމާއެކު ނިއްވާލާފައި ވަނީ ދުސިޓް ތާނީ މޯލްޑިވްސް (މުއްދޫ) ރިސޯޓުގެ މުވައްޒަފުންގެ އެހީތެރިކަމާ އެކު މިއަދު ހަވީރު އެވެ.
އޭދަފުށީ ކުނިގޮނޑު ރަށުގެ އިރުމަތީ ސަރަހައްދުގައި އޮތް އިރުވެސް، ދޭތެރެ ދޭތެރެއިން ބައެއް އާންމުން ކުނިއެންދުމަށް ރޯކުރުމުގެ ސަބަބުން އާންމުންނަށް ދަތިވެގެން ކައުންސިލުން ނުކުމެ އަލިފާން ގަނޑު ނިއްވައި ހަދަ އެވެ. ނަމަވެސް މިހާރު ކުނި ގޮނޑުގައި ރޯވާ އަލިފާންގަނޑު ނިއްވާލެވެނީ ކައިރި ކޮންމެވެސް ރިސޯޓެއްގެ އެހީތެރިކަމާ އެކު އެވެ.
ކައުންސިލް އިދާރާއަކަށް ދުމެއް ނާރާނެ. ޢަޅާނުލާ…… އާ އެހެންޏާ ފަހެ. ޕްރީ ސްކޫލް ހުރިތަން ކުނިގޮނޑަކަށް ބަދަލުކުރަން ފެނޭ.