ރޯޔަލްގައި ޗުއްޓީ ހޭދަކޮށްލުމަށް އަގުހެޔޮ ޕެކޭޖެއް

•ރޯޔަލް އައިލެންޑް ރިސޯޓް: މި ރިސޯޓުން ވަނީ އަގުހެޔޮ ފެމެލީ ޕެކޭޖެއް ތައާރަފުކޮށްފައި
• ރޯޔަލް އައިލެންޑް ރިސޯޓް: މި ރިސޯޓުން ވަނީ އަގުހެޔޮ ފެމެލީ ޕެކޭޖެއް ތައާރަފުކޮށްފައި

 

ބ. އަތޮޅުގައި ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިސޯޓުން ދިވެހިންނަށާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ޚާއްސަކޮށް ފެމެލީ ޕެކޭޖެއް ތައާރަފު ތައާރަފުކޮށްފި އެވެ.

ވިލާ ހޮޓެލްސް އިން ބ. އަތޮޅު ހޮރުބަދޫގައި ހިންގަމުން ގެންދާ ފަސްތަރީގެ މި ރިސޯޓުން ތައާރަފުކުރި މި ޕެކޭޖުގައި ޗުއްޓީ ހޭދަކުރަން އެ ރިސޯޓަށްދާ ދިވެހިންނަށަށާއި ވޯކްޕާމިޓް އޮންނަ ބިދޭސީންނަށް އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބެ އެވެ.

ރޯޔަލްއިން ތައާރަފުކުރި ޚާއްސަ ޕެކޭޖުގެ އިސްތިހާރެއް
ރޯޔަލްއިން ތައާރަފުކުރި ޚާއްސަ ޕެކޭޖުގެ އިސްތިހާރެއް

 ފެމެލީ ތަކަށް ޚާއްސަ މި ޕެކޭޖް ތަކުގެ އަގަކީ ސިންގަލް ޕެކޭޖެއްނަމަ، ރެއަކަށް 1676ރ އެވެ. ޑަބަލް ޕެކޭޖެއްނަމަ (ދެމަފިރިންނާ، 12 އަހަރުން ދަށުގެ ކުޑަކުއްޖަކަށް) 2200ރ އަދި ޓްރިޕަލް ޕެކޭޖެއް (ބޮޑު ތިން މީހުން) ނަމަ 3932ރ އެވެ. މި ޕްރޮމޯޝަންގެ ދަށޫން މި ޕޭކުގައި 2 އަހަރުން ދަށުގެ ކުދިން ހިމެނެނީ ހިލެއެވެ.

“މި ޕެކޭޖުގެ ދަށުން މި ރިސޯޓަށް އޭދަފުށިން އަންނަން ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެން ޓްރާންސްޕޯޓް ހަމަޖައްސައިދޭނަން. އަދި އެހެން ތަންތަނުން އަންނަ ފަރާތްތަކަށްވެސް ފްލައިމީއާ ވާހަކަ ދައްކައިގެން ހާއްސަ އަގުތަކެއް ހަމަޖެހޭތޯ ބަލަމުން މިދަނީ. މީގެ އިތުރުން ޕެކޭޖުގެ ދަށޫން ތިން އިރުގެ ކެއުންވެސް ހިލޭ ހަމަޖެހޭނެ،” ރިސޯޓުން ވާހަކަދެއްކި އޮފިޝަލު ވިދާޅުވި އެވެ.

މި ޕެކޭޖު ކުރިއަށްދާނީ އަންނަ މަހުގެ 15 ގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.