މިދިޔަ އަހަރު ބޭއްވި ކެމްބްރިޖް ޖީސީއީ އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން ބައިވެރިވި ކުދިންގެ ނަތީޖާ އެ މަރުކަޒުން އިއްޔެ ދޫކުރަން ފަށައިފި އެވެ.
އެގޮތުން އޯލެވެލް އިމްތިހާނުގައި ސްކޫލު ކެނޑިޑޭޓުންގެ ގޮތުގައާއި އަމިއްލަ ގޮތުން ބައިވެރިވި ދަރިވަރުންގެ ނަތީޖާ ދޫކުރުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން2:00 އަށެވެ. އަދި ނަތީޖާ ބަލައިދާއިރު އައިޑީ ކާޑު ހިފައިގެން ދިއުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން އެދިވަޑައިގަނެ އެވެ.
އެމަރުކަޒުން ބުނީ މި އިމްތިހާނުގެ ސެޓްފިކެޓްތައް ލިބޭވަރުވާނީ އަންނަ މާޗު މަހުތެރޭ ކަމަށާއި ސެޓްފިކެޓްލިބޭ ތާރީޚުން ފެށިގެން ނަތީޖާ ސްލިޕްތައް ނައްތާލެވޭނެ ކަމަށެވެ.
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން 70 ދަރިވަރަކު ބައިވެރިވެ، ރާއްޖޭގެ އެންމެ ރަނގަޅު ދިހަ ނަތީޖާ ހޯދި ކުދިންގެ ތެރޭގައި އެ މަރުކަޒުގެ 11 ދަރިވަރުންވަނީ ފާސްވެފަ އެވެ.