
ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ “ރައީސް ޔާމީން 2018″ ފުޓްބޯލް ޗެލެންޖުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ސައިނޯސާ އަށް ލިބިއްޖެ އެވެ.
ގްރޫޕް ބީ ގެ އެ ޓީމަށް ސެމީން ޖާގަ ލިބުނީ މިއަދު ހަވީރު ވީ ޔުނައިޓެޑައި ވެލާ ސްޕޯޓްސް ބައްދަލުކުރި މެޗު ޔުނައިޓެޑް ވީ އިން ކާމިޔާބު ކުރުމާ ގުޅިގެންނެވެ. އެ މެޗު ވީ ޔުނައިޓެޑް ކާމިޔާބުކުރި 4-0 އިންނެވެ.
މި މުބާރާތުގެ ފުރަތަމަ ސެމީގައި މާދަމާ މެންދުރު ބައްދަލުކުރާނީ ސޮނެވާ އާއި ސައިނޯސާ އެވެ. ދެވަނަ ސެމީގައި މާދަމާ ހަވީރު ބައްދަލުކުރާނީ އެމްއޭ ޔުނައިޓެޑާއި ޔުނައިޓެޑް ވީ އެވެ.
ގްރޫޕް ސްޓޭޖުގައި މިއަދު މެންދުރު ސަންސެޓް ސްޕޯޓްސް އާއި އެންޖޯއީ ފްރެންޑްސް ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކުރި އެންޖޯއީ ފްރެންޑްސް އެވެ.
ފައިނަލު މެޗު އޮންނާނީ ހޯމަ ދުވަހު ހަވީރު އެވެ.