
އަޟްހާ އީދަށް ޚާއްސަކޮށްގެން އޭދަފުށީ ޒުވާނުންގެ ކްލަބުން ކުރިއަށް ގެންދިޔަ “ރައީސް ޔާމީން 2018” ފުޓްބޯލް ޗެލެންޖުގެ ޗެމްޕިއަންކަން ޔުނައިޓެޑް ވީ ހޯދައިފި އެވެ.
ޗެމްޕިއަން ޓީމަށް 55،000ރ އަދި ދެ ވަނަ ޓީމަށް ވަނީ 25000ރ. ހަވާލުކުރި މި މުބާރާތް ޔުނައިޓެޑް ވީ ކާމިޔާބުކުރީ ފައިނަލުގައި މިއަދު ހަވީރު ސައިނޯސާ ފުޓްބޯޅަ ޓީމާ ވާދަކޮށް 1-0 އިން ކާމިޔާބު ކޮށްގެންނެވެ.

މި މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ސައިނޯސާގެ އަހްމަދު ޝިއާން އެވެ. ދެން ހުރިހާ މަގާމެއް ވެސް ލިބުނީ ޔުނައިޓެޑް ވީ ގެ ކުޅުންތެރިންނަށެވެ.
• އެންމެ މޮޅު ގޯލް ކީޕަރު: އަފްޒަލް އިބްރާހީމް (ޔުނައިޓެޑް ވީ)
• އެންމެ މޮޅު ޑިފެންސް: ހައްސާން އަބްދުލްލަތީފް (ޔުނައިޓެޑް ވީ)
• އެންމެ މޮޅު މިޑްފީލްޑް: އަހްމަދު ނިޔާޒް (ޔުނައިޓެޑް ވީ)
• އެންމެމޮޅު ފޯވާޑް: ހުސައިން ސިމާޒް (ޔުނައިޓެޑް ވީ)
• އެންމެ އުއްމީދީ އަދި ޓޮޕް ސްކޯރަރ: އަލީ ނަސީމް (ޔުނައިޓެޑް ވީ)
• އެންމެމޮޅު ކޯޗު: ނާފިއު ހާމިދު (ޔުނައިޓެޑް ވީ)
ޒުވާނުންގެ ކްލަބުން ބުނީ އަންނަ އަހަރު މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ދޭން ވިސްނާފައިވާ ކަމަށެވެ.