“އަމާޒަކީ ރަންވަނަތައް ހާސިލުކުރާ ކުދިންގެ އަދަދު އިތުރުކުރުން”

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު ރަފީޢު، . އެ ސްކޫލުގެ އަމާޒަކީ ރަންވަނަތައް ހާސިލުކުރާ ކުދިންގެ އަދަދު އިތުރުކުރުން
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު ރަފީޢު، . އެ ސްކޫލުގެ އަމާޒަކީ ރަންވަނަތައް ހާސިލުކުރާ ކުދިންގެ އަދަދު އިތުރުކުރުން

 

ބ. އަތޮޅު ތައުލީމީ މަރުކަޒުން ޖީސީއީ އޯ ލެވެލް އަދި އޭލެވެ އިމްތިހާނުގައި ބައިވެރިވިފަހުން މިހާތަނަށް ފަޚްރުވެރިވާ ނަތީޖާތަކެއް ދަނީ ހޯދަމުންނެވެ އެގޮތުން އެންމެ 2000 ވަނައަހަރު ޖީ ސީ އީ އޯލެވެލްއިން މުޅިރާއްޖެއިން އެ ސްކޫލް 1 ވަނަ ހޯދާފައިވާކަން ފާހަގަ ކޮށްލެވެ އެވެ. އަދި އޯލެވެލް ހަދާ ދަރިވަރުންގެ ނިސްބަތުން އެ ސްކޫލް ހިމެނޭ ކެޓަގަރީން 1 ވަނަ އާއި، ސްކޫލް އެޗީވްމެންޓް އެވޯޑާއި، ޕްރޮގްރެސް އެވޯޑް ފަދަ އެވޯޑްތައް ހާސިލް ކޮށްފައިވެ އެވެ. އަދި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ ފާސް ހޯދި ދަރިވަރުންވެސް މާޒީގައި ހިމެނިފައިވެ އެވެ.

އެ ސްކޫލުގެ މިހާރުގެ އަމާޒަކަށް ވެފައިވަނީ އޯލެވް އަދި އޭލެވެލް އިމްތިހާނުން ރަން ވަނަތައް ހާސިލުކުރާ ދަރިވަރުންގެ އަދަދު އިތުރުކުރުމެވެ.

“އަޅުގަނޑުމެން މަސައްކަތްކުރަމުން މިގެންދަނީ މިއަހަރު، މިސްކޫލުން ސާނަވީ ތަޢުލީމު ފުރިހަމަކުރާ ދަރިވަރުން ފަސްމާއްދާ އިން 60 އިންސައްތަ އަށްވުރެ މަތީ ނަތީޖާއެއް ހޯދުމަށް. އަދި މަތީސާނަވީ ތައުލީމު ނިންމާކުދިން 3 މާއްދާއިން ފާސްވާ މިންވަރުވެސް 90 އިންސައްތައަށް އިތުރުކުރުމާއި، ރަންވަނަތައް ޙާޞިލްކުރާ ދަރިވަރުންގެއަދަދު އިތުރުކުރުމަށް،” މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެ ސްކޫލުގެ އިނާމުދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވި އެވެ.

ބ. އަތޮޅު ތައުލީމީ ދަރިވަރުންތަކެއް އިނާޟުދިނިމުގެ ޖަލްސާގައި
ބ. އަތޮޅު ތައުލީމީ ދަރިވަރުންތަކެއް އިނާމުދިނުމުގެ ޖަލްސާގައި

 

އަހްމަދު ރަފީއު ވިދާޅުވި ގޮތުގައި މި އަހަރަކީ އެ ސްކޫލްގެ ހަޔާތުގައި އެންމެ ގިނަ އޭލެވެލް ދަރިވަރުން ރާއްޖޭގެ ގަދަ 10 ގައި ހިމެނޭނެ އަހަރެވެ. އަދި އޭލެވެލް އާއި އޯލެވެލްގައި މުޅިރާއްޖެއިން އެއްވަނަ އަށް ދިޔަ ދަރިވަރުންގެ ތެރޭގައި އެ މަރުކަޒުގެ ދަރިވަރުން ހިމެނުނުކަން ފާހަގަކުރެއްވި އެވެ.

މިއަހަރު ޖޫންމަހު ބޭއްވި އޭލެވެލް އިމްތިހާނުން ރާއްޖޭގައި ގަދަ ދިހައެއްގައި ހިމެނޭ ފެންވަރަށް އެ ސްކޫލުގެ 7 ދަރިވަރުންވަނީ ފާސްވެފަ އެވެ.

ރަފީއު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރު އެ ސްކޫލުގެ ގްރޭޑް 7،6 ގެ ހުރިހާ މާއްދާއެއްގެ އެވްރެޖް އުޅެނީ 80 އިންސައްތައަށްވުރެ މަތީގަ އެވެ. އަދި ގްރޭޑް 8،9،10 ގެ އެވްރެޖް 60 އިންސައްތައިގައި ހިފެހެއްޓިފައިވާއިރު މަތީ ސާނަވީ ގްރޭޑް ތަކުގެ އެވްރެޖްވެސް 75 އިންސައްތައިގައި ހިފެހެއްޓިފައިވާކަމަށް އެ ސްކޫލުން ބުންޏެވެ.

އަހްމަދު ރަފީއު ވިދާޅުވި ގޮތުގައި މި އަހަރު އެ ސްކޫލް ކުރިމަތިލާފައިވަނީ، ހުރިހާގޮތަކުންވެސް ވަރަށް ފޮނި އުއްމީދުތަކަކާއެކު އެވެ. އެގޮތުން ސަރުކާރުން ތައާރަފު ކޮށްދީފައިވާ، ދަސްވާރު ޕްރޮގްރާމް ތެރެއިން އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކޮންމެ ކުއްޖަކީވެސް އަހަރު ނިމޭއިރު ވަކި ހުނަރެއް ހާސިލް ކުރެވި، ވަޒީފާއަށް ފައްކާ ކުރެވިފައިވާ ކުއްޖަކަށް ވާނެކަމަށް ރަފީއު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ޢަބްދުލްމުހައިމިން / އިނގުރައިދޫ

    ކާމިޔާބީ ހޯދި ހުރިހާ ދަރިވަރުންނަށް މަރުޙަބާ! ޢިލްމީ ގޮތުން ހޯދާ ކާމިޔާބީއާ އެއްވަރަށް އަޅްލާޤު ރަނގަޅު ދަރިންތަކެއް އުފެއްދުން މުހިންމު.

    ރައްދު
  2. Atoll Office Counter

    ދުނިޔެއިން އެއްވަނަ އަށް ދާ ކުއްޖާ ބ.އ.ތ.މ އިން ދަނީ ދެ ވަނަ އަށް. ދެން ކުދިން ކިހާ މާޔޫސް ވާނެތަ!! ދެން ކޮން ރަންވަނަ އެއްތަ؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.