ޖެނުއަރީމަހު ކުނި އުކާލުމުގެ ހިދުމަތް ދޭން ފެށޭނެ: ކައުންސިލް

އޭދަފުށީ ކުނި ކޮށީގައި ކާދު ތައްޔާރުކުރުމުގެ މަސައްކަތް ކުރަނީ-- ފައިލް ފޮޓޯ
އޭދަފުށީ ކުނި ކޮށީގައި ކާދު ތައްޔާރުކުރުމުގެ މަސައްކަތް ކުރަނީ– ފައިލް ފޮޓޯ

 

ބ. އޭދަފުށީގެ ގޭގޭގައި އުފެދޭ ކުނި ބުނި އަންނަ ޖެނުއަރީމަހުން ފެށިގެން ކުނިކޮށްޓަށް އުކާލުމުގެ ހިދުމަތް ދޭންފެށޭނެކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލު މެންބަރު މުހައްމަދު ރިޒާ ވިދާޅުވީ ކުނި އުކާލުމުގެ ހިދުމަތް ދިނުމުގެ ކުރިން ކުނި ކޮށި ނިންމައި، މެޝިނަރީތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށެވެ. އެ މަސައްކަތްތައްވެސް މިއަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ރިޒާ ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން ކުނި އުފުލުމަށް ބޭނުންވާ ޕިކަޕެއް ކައުންސިލްގެ ބަޖެޓުން ހަރަދު ކޮށްގެން ގަތުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

“2 ޓަނުގެ ޕިކަޕެއް ގަތުމަށް މިހާރު އެވަނީ އިއުލާންކުރެވިފައި. އެ މަސައްކަތްވެސް އެދަނީ ބާރަށް. މެޝިނަރީތައް ބެހެއްޓޭނީ ކުނިކޮށްޓަށް ކަރަންޓް ލެވިގެން. އެކަންވެސް ޕްރޮޖެކްޓުން ކުރިޔަށް އެބަގެންދޭ،” ރިޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުނި އުކާލުމުގެ މަސައްކަތް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ކައުންސިލާއި އަމިއްލަ ފަރާތެއް ގުޅިގެންނެވެ.

އެންވަޔަރުމެންޓް މިނިސްޓްރީން ނ،ރ،ބ އަދި ޅ އަތޮޅުގެ ރަށްރަށުގެ ކުނި މެނޭޖްކުރުމަށް ހިންގާ މަޝްރޫއުގެ އެހީއާއެކު އޭދަފުށީގައި ކުރިޔަށްގެންދާ މި ޕްރޮޖެކްޓްގެ ދަށުން ކުނި ބޭރުކުރުމަށް ހަމަޖެހިފައިވަނީ ރ ވަންދޫގައި ހުންނަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.