އަހަރުގެ ފަހު އިމްތިހާން ފަށައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް އިމްތިހާން ހަދަނީ. މިއަހަރުގެ ފަހު އިމްތިހާން މިއަދުވަނީ ފަށާފައި
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް އިމްތިހާން ހަދަނީ. މިއަހަރުގެ ފަހު އިމްތިހާން މިއަދުވަނީ ފަށާފައި

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މި އަހަރުގެ ފަހު އިމްތިހާން ފަށައިގެން ކުރިއަށް އެބަދެ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނިގޮތުގައި މިއަދު ޓެސްޓް ފަށައިފައި ވަނީ ގްރޭޑް 6، 7 އަދި ސެކަންޑަރީގެ ގްރޭޑް 8، 9 އަދި ހަޔާ ސެކަންޑްރީގެ ގްރޭޑް 11 އަށެވެ. ގްރޭޑް 12 ގެ ދަރިވަރުންނަށް ޓެސްޓް ފަށާނީ މާދަމާ އެވެ. ޕްރައިމަރީ ގްރޭޑް 4، 5 ގެ ދަރިވަރުންގެ ޓެސްޓް ފަށާނީ އަންނަ އާދީއްތަ ދުވަހު އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ތައުލީމީ ކަލަންޑަރުގައިވާ ގޮތުން އަހަރު ފަހު އިމްތިހާނަށް ފަހު ރިޕޯޓް ދީ މި އަހަރުގެ ބޮޑު ޗުއްޓީ ފެށޭނީ ނޮވެމްބަރު 24 ގަ އެވެ. އެއަށް ފަހު ދަރިވަރުންނަށް މިއަހަރުވެސް ގާތްގަނޑަކަށް ދޮޅު މަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.

އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13ގަ އެވެ.

އަހަރުގެ ފަހު އިމްތިހާން މިއަދު ފެށިއިރު މި އަހަރު އޯ-ލެވެލް ހަދާ ދަރިވަރުންގެ ކެމްބްރިޖް އިމްތިހާނު ވެސް މިހާރު ކުރިއަށް އެބަ ދެ އެވެ. އޯ-ލެވެލް އިމްތިހާން ނިމޭނީ ނޮވެމްބަރު 17 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.