
ލޯންޗަކާއި ދޯންޏެއް ދޯނި ޖެހި މިރޭ ޖެހި އެކްސިޑެންޓްވެއްޖެ އެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ލަނކުޑި ހިފައިގެން އޭދަފުއްޓަށް ދަތުރުކުރަމުން އައި މިރަށު “ރުވާ” ދޯންޏާއި މިރަށު ސޭލަމް ލޯންޗު ޖެހިގެންނެވެ. މި ހާދިސާގައި ދެ މީހަކަށް އަނިޔާވެގެން އަތޮޅު ހޮސްޕިޓަލަށްވަނީ ގެންގޮސްފަ އެވެ.
އޭގެ ތެރެއިން އެކަކުގެ އަތް ކަފާއިގެން ގޮސް ލޯމަތިވަނީ ފަޅައިގެންގޮސްފަ އެވެ.
މި އެކްސިޑެންޓްގައި ދޯންޏަށާއި ލޯންޗަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ.
ފުލުހުން ބުނީ ސޮނޭވާ ފުށި ކައިރީގައި މިރޭ 19:30 ހާއިރު ހިނގި އެކްސިޑެންޓްގައި 4 މީހަކު މޫދަށް ވެއްޓުނު ނަމަވެސް އެންމެންވެސް ސަލާމަތް ކުރެވިފައިވާ ކަމަށެވެ.