އާ ނޫޓް ސީރީޒާ ގުޅޭ ރޯޑް ޝޯއެއް މިއަދު ހަވީރު އޭދަފުށީގައި

އާ ނޫޓް ސީރީޒް އޭދަފުށީގެ ވިޔަފާރިވެރިންނަށް މިއަދު ދައްކާލަނީ-- ފޮޓޯ / ނައުރީފް
އާ ނޫޓް ސީރީޒް އޭދަފުށީގެ ވިޔަފާރިވެރިންނަށް މިއަދު ދައްކާލަނީ– ފޮޓޯ / ނައުރީފް

 

މިމަހު ނެރުމަށް ހަމަޖެހިފައިވާ “ރަންދިހަ ފަހެއް” އާ ނޫޓު ދައްކާލުމާއި، އާ ނޫޓުތަކާއި ބެހޭ މައުލޫމާތު ދިނުމަށް ބާއްވާ ރޯޑް ޝޯ އެއް މިއަދު ހަވީރު އޭދަފުށީގައި ބާއްވަން ހަމަޖައްސައިފި އެވެ.

މަރުކަޒީ ބޭންކް އެމްއެމް އޭ އިން ބުނީ އޭދަފުށީގައި މިއަދު ހަވީރު ބާއްވާ ރޯޑް ޝޯ ކުރިއަށްދާނީ ފުޓްބޯޅަ މެޗު ކުރިއަށްދާ ވަގުތު ދަނޑު ސަރައްދުގައި ކަމަށެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި ރޯޑް ޝޯގެ ތެރެއިން ނޫޓްތައް ބަލާލުމުގެ ފުރުސަތު ލިބުމުގެ އިތުރުން ނޫޓްތަކުގެ ސަލާމަތީ ސިފަތަކާ ބެހޭ މައުލޫމާތު ވެސް އާންމުންނަަށް ދޭނެ އެވެ. އަދި ނޫޓް ސީރީޒާ ބެހޭ ގޮތުން ކުރާ ސުވާލުތަކަށް އެމްއެމްއޭގެ މުވައްޒަފުން ޖަވާބު ވެސް ރޯޑް ޝޯގެ ތެރެއިން ދޭނެ އެވެ.

މީގެ އިތުރުން މިރޭ އޭދަފުށީ މަލްޓިޕާޕަސް ހޯލުގައިވެސް އާ ނޫޓްތައް ދައްކާލުމާއި މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އާ ނޫޓް ސީރީޒް އޭދަފުށީގެ ވިޔަފާރިވެރިންނަށް މިއަދު ދައްކާލަނީ-- ފޮޓޯ / ނައުރީފް
އާ ނޫޓް ސީރީޒް އޭދަފުށީގެ ވިޔަފާރިވެރިންނަށް މިއަދު ދައްކާލަނީ– ފޮޓޯ / ނައުރީފް

އެމްއެމްއިން އަންނަނީ މިދިޔަ ހަފްތާއިން ފެށިގެން މިއަތޮޅުގައި އާއްމުންނަށާއި ވިޔަފާރިވެރިންނަށާއި ރިސޯޓްކތަކުގެ މުވައްޒަފުންނަށް އާ ނޫޓްތަކާއި ގުޅޭ މައުލޫމާތު ސެޝަން ބާއްވަމުންނެވެ.

އޭދަފުށީގައި މިއަދު ހަވީރު އޮންނަ ރޯޑް ޝޯ އަށާއި މިރޭ އޮންނަ ސެޝަނަށް ވީހާވެސް ގިނަ ބަޔަކު ޒިޔާރަތް ކުރުމަށް އެމްއެމްއޭއިން އެދެއެވެ.

މި ނޫޓުތައް ޑިޒައިންކުރީ ބ. އަތޮޅަށް އުފަން ޒުވާން ކުރެހުންތެރިޔާ ކެންދޫ ޖަވާހިރުމާގެ އަބްދުﷲ ނަޝާތު އެވެ.

ރާއްޖޭގައި އަލަށް ނެރޭ ފައިސާގެ ނޫޓު: މިއީ ސަލާމަތީ ގޮތުން ވަރުގަދަ ސިފަތަކަކާ އެކު ތައްޔާރުކުރި ނޫޓު ސީރިސްއެއް
ރާއްޖޭގައި އަލަށް ނެރޭ ފައިސާގެ ނޫޓު: މިއީ ސަލާމަތީ ގޮތުން ވަރުގަދަ ސިފަތަކަކާ އެކު ތައްޔާރުކުރި ނޫޓު ސީރިސްއެއް

އެމްއެމްއޭ އިން ބުނީ 1983 ވަނަ އަހަރު ޑިޒައިންކޮށްގެން ނެރުނު ނޫޓު ސީރީސްގެ ބަދަލުގައި މި ދިޔަމަހު ތައާރަފު ކުރި ނޫޓު ސީރީސްއަކީ ހުރިހާ ގޮތަކުން ވެސް ރީތި އަދި ސަލާމަތީ ފިޔަވަޅުތައް ވެސް ވަރުގަދަ ނޫޓަކަށް ވާނެ ކަމަށެވެ. އެގޮތުން އަލަށް ނެރުނު ނޫޓުތައް ޗާޕްކޮށްފައި ވަނީ ޕޮލިމާ ކަރުދާހުގައި އެންމެ ޒަމާނީ ސަލާމަތީ ސިފަތައް ހިމަނައިގެންނެވެ.

މިނިވަން 50 އާ ގުޅުވައިގެން “ރަންދިހަ ފަހެއް”ގެ ނަމުގައި ތައާރަފު ކުރި ނޫޓް ސީރީޒްގައި ހިމެނެނީ 10، 20، 50، 100 500 އަދި ފުރަތަމަ ފަހަރަށް ތައާރަފު ކުރި 1،000ރ. ގެ ނޫޓެވެ.

މިހާރު ބޭނުންކުރަމުން އަންނަ ނޫޓުތައް އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ބޭނުންކުރެވޭނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.