ނެޝަނަލް ހާޑުވެއާއިން އިންތިޒާމް ކޮށްގެން މާލޭގައި ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހިތާދޫ ޓީމު ހޯދައިފި އެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ނެޝަނަލް ހާޑްވެއާ ޕްރައިވެޓް ލިމިޓެޑުން ފުރަތަމަ ފަހަރަށް ބޭއްވި މުބާރާތް ހިތާދޫ ޓީމު ކާމިޔާބުކުރީ ފައިނަލުގައި މިއަދު ހަވީރު ކ. ގާފަރާ ވާދަކޮށް 2-0 އިން ކާމިޔާބު ކޮށްގެންނެވެ.
ފައިނަލު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިތާދޫ ޓީމުގެ ހުޒައިފަތު ރަޝީދު އެވެ. ހުޒައިމަތު ވަނީ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފަ އެވެ. އަދި ބ. އަތޮޅު ޒޯންގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ލިބުނީ އޭނާ އަށެވެ. މުބާރާތުގެ އެންމެމޮޅު ކޯޗަކީ ހިދާތޫ ޓީމުގެ އިސްމާއިލް ޝަރީފް އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. ދިން އިރު ރަނަރަޕް ޓީމަށް 15000ރ. ދީފައިވެ އެވެ.
ހިތާދޫ ޓީމުން ހޯދި ކާމިޔާބީ އަށް “އީޓީ” ގެ ފަރާތުން މަރުހަބާ ކިޔަމެވެ.
ގިިނަ ލަނޑު ޖެހީ ގާފަރު ޓީމްގެ މައްޓު