އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މާލީ ބަޔާން އާންމުކުރެއްވި ފުރަތަމަ މެމްބަރަކަށް ބ. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވެވަޑައިގެންފި އެވެ.
ގާނޫނު އަސާސީގެ 76 ވަނަ މާއްދާ ބުނާ ގޮތުން ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއް ފަހަރު މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅުއްވަން ޖެހެ އެވެ. އެހެން ނަމަވެސް، މީގެ ކުރިން އެއްވެސް ބޭފުޅަކު އެ ބަޔާން އާންމެއް ނުކުރައްވަ އެވެ.
ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ އަލީ ހުސައިން މިއަދު ހުށަހެޅުއްވި މާލީ ބަޔާނަށް ބަލާ އިރު އޭނާގެ މިލްކިއްޔާތުގައި މިހާރު ޖުމްލަ ހުރީ 197،487.86ރ. އެވެ. އަދި އޭނާގެ މިލްކިއްޔާތުގައި ކާރަކާއި ދެ ސައިކަލް ވެސް އެބަ ހުއްޓެވެ.
އަލީ ހުސައިންގެ މާލީ ބަޔާން:
* މަޖިލީހުގެ މުސާރަ އާއި އިނާޔާތުގެ ގޮތުގައި ލިބުނީ 935،300.01ރ.
* އަހަރު ފެށުނު އިރު ސޭވިން އެކައުންޓްގައި ހުރީ 214،447.95ރ.
* އަމިއްލަ މަސައްކަތުން ލިބުނު އާމްދަނީ 216،000ރ.
* އާއިލީ އަދި އަމިއްލަ ދިރިއުޅުމަށް ހަރަދުވީ 712،260ރ.
* އެހީގެ ގޮތުގައި އެކި ފަރާތްތަކަށް ހަރަދު ކުރީ 456،000ރ.
އަލީ ހުސައިންގެ މާލީ ބަޔާނުގައި ބުނެފައިވާ ގޮތުގައި އޭނާގެ 21 ހިއްސާ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯގައި އޮވެ އެވެ. އަދި އަމިއްލަ ވިޔަފާރީގެ ގޮތުގައި އޭނާ ދެ ވިޔަފާރިއެއް ކުރައްވަ އެވެ.
އެއީ ލޯކަލް އިންވެސްޓްމަންޓެއްގެ ގޮތުގައި ހިންގަވާ ވޮލެންސް ލޯޔާސް އާއި އާންމު ވިޔަފާރީގެ ގޮތުގައި ހިންގަވާ ވަނި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެ. އެ ވިޔަފާރީގައި އޭނާގެ 99 ޕަސަންޓް ހިއްސާ އޮވެ އެވެ.
Maalee bayaan a’ammu kurevidhaane. Ekamaku furathama in meehaa ah hadhaalee kihineh thoa? PPM ge memberun vote dheegen hoveemaa sarukaarah jessun kuranee. Dhen nikan hovebala.