އެސްޓީއޯއިން ތައުލީމީ މަރުކަޒަށް ބައިލައްކަ ރުފިޔާގެ ތަކެތި ހަދިޔާކޮށްފި

އެސްޓީއޯ އިން ދިން އެހީގެ ތަކެއްޗާ ރަސްމީކޮށް ހަވާލުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެސްޓީއޯ
އެސްޓީއޯ އިން ދިން އެހީގެ ތަކެއްޗާ ރަސްމީކޮށް ހަވާލުވުމުގެ ރަސްމިއްޔާތުގެ ތެރެއިން — ފޮޓޯ: އެސްޓީއޯ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބ. އަތޮޅު ތައުލީމީ މަރުކަޒަށް ބައިލައްކަ ރުފިޔާގެ އަގުހުރި ތަކެތި ހަދިޔާކޮށްފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން މިއަދު ބުނީ، އެސްޓީއޯއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިޓާޗީ ބްރޭންޑްގެ 39 އިންޗީގެ ދެ ޓީވީގެ އިތުރުން ދެ ޕްރޮޖެކްޓަރުވެސް ހިމެނޭ ކަމަށެވެ.

މިތަކެތި ހަދިޔާ ކުރުމަށް އިއްޔެ މެންދުރުފަހު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ގައި ބޭއްވި ރަސްމިއްޔާތެއްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުންމި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ އެ ސްކޫލުގެ ޕްރިންސިޕަލް އަހްމަދު ރަފީއު އެވެ. އަދި އެސްޓީއޯގެ ފަރާތުން މިތަކެތި ތައުލީމީ މަރުކަޒާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އާދަމް އާޒިމު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަހްމަދު ރަފީއު ވިދާޅުވީ އެސްޓީއޯގެ ފަރާތުން މިފަދަ އެހީއެއް ދެއްވީތީ އުފާކުރައްވާ ކަމަށާއި މިފަހަރު ދިން އެހީގެ ސަބަބުން ސްކޫލު ޑިޖިޓަލު ކުރުމަށް ހިންގާ މަޝްރޫއުއަށް އިތުރުކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ ސޭލްސް އެނޑް މާކެޓިން އާދަމް އާޒިމު ވިދާޅުވީ ބ. އަތޮޅު ތައުލީމީ މަރުކަޒަށް މިފަހަރު ދިން އެހީއަކީ ތައުލީމީ ދާއިރާ ކުރިއެރުވުމުގެ އިތުރުން އެ ކުންފުނީގެ ބްރޭންޑްތައް ޕްރޮމޯޓް ކުރުމަށް ދިން އެހީއެއް ކަމަށެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މިތަކެތި އެ ސްކޫލަށް ހޯދައިދިނުމުގައި އޭދަފުށީ ސޯސަންގޭ އަބްދުލްބާރީ މުހައްމަދުގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ. ތަކެތި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އަބްދުލްބާރީ މުހައްމަދު ވިދާޅުވީ މިތަކެތި ސްކޫލަށް ހޯދައިދިނުމަށްޓަކައި އެހީތެރިވެދިނީ އަމިއްލަގޮތުންކަމަށެވެ. އަދި އެސްޓީއޯ އިން އޭދަފުށީގެ ތަރައްގީއަށް އެކިގޮތްގޮތުން ވަމުންދާ އެހީތައް ފާހަގަކުރައްވައި އެ ކުންފުންޏަށާއި ކުންފުނިގެ މުވައްޒަފުންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.