އިންޑިޔާގެ ޖީއެމްއާރު ކުންފުނިން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯރޓް ހިންގުމާ ހަވާލުވި ދުވަސްވަރަކީ މިހާތަނަށް ކެރިއަރގައި ކުރިމަތިވި އެންމެ ހިތްދަތި ދުވަސްތައް ކަމުގައި މޯލްޑިވްސް އެއާޕޯޓްސްް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވެއްޖެ އެވެ.
އޭދަފުށްޓަށް އުފަން އާދިލް، (42) މިހެން ވިދާޅުވީ އޭދަފުށީ ޓައިމްސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވާހަކަދައްކަވަމުންނެވެ.
އާދިލް ވިދާޅުވިގޮތުގައި ޖީއެމްއާރު ހަވާލުވުމާއެކު އެއާޕޯޓް ހިންގުން ދެބަޔަކަށް ބަހާލި ކަމަށާއި، އޭގެ ސަބަބުން އޭނާ ކުރައްވަމުން ގެންދެވި މަސައްކަތް ވަރަށް ބޮޑަށް ހަނިވެގެން ދިޔަކަމަށެވެ.
“ޢޭރު އަށާރަ އަހަރު ވެފަ ހުރީ އަޅުގަނޑު އެއާޕޯޓްގަ އުޅޭތާ، އެހެން އެކަން އޮއްވާ ކުއްލިއަކަށް އެއާޕޯޓް ހިންގުން މުޅިން އެހެން ދާއިރާއަކަށް ބަދަލުވުމަކީ ދެން ވަރަށް އެހެން ކަހަލަ ވިސްނުންތަކެއް އައި ކަމަކަށްވީ. އޭރު ޖީއެމްއާރު ސައިޑަކަށް ނޫން އަޅުގަނޑުމެން ދިޔައީކީ، މުޅި އެއާޕޯޓް ހަވާލުވީ ޖީއެމްއާރާ، އެހެންވީމާ އެއްވެސް މަސައްކަތެއް ނެތް ކަހަލަ ގޮތަކަށް އޭރު ދިޔައީ،” އެދުވަސްތަކުގެ ތަޖްރިބާ ހިއްސާކުރައްވަމުން އާދިލް ވިދާޅުވިއެވެ.
އާދިލް އިތުރަށް ވިދާޅުވި ގޮތުގައި ޖީއެމްއާރު އެއާޕޯޓް ހިންގުމާ ހަވާލުވުމުގެ ސަބަބުން ލިބުނު ކުރިއެރުންތަކަށްވުރެ ސަރުކާރަށާއި، އާންމުންނަށް ކުރިމަތިވި ގެއްލުންތައް މާބޮޑެވެ. އެގޮތުން އެއާޕޯޓްގައި ދިވެހިން ކުރަމުންއައި ގިނަ ވިޔަފާރިތައް ބޭރު މީހުންގެ އަތްދަށަށް ދިއުމާއި، ދިވެހިންނަށް އެއާޕޯޓުން ލިބެމުންއައި ވަޒީފާގެ ފުރުސަތުތައް ހަނިވުމާއި ޑޮލަރު ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވުންފަދަ ކަންކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ޖީއެމްއާރުން އެއާޕޯޓް ތަރައްގީ ކުރުމަށް އޭރު ގެންގުޅުނު ޕްލޭނަށްވުރެ ރަގަޅު ޕްލޭނެއް މިސަރުކާރުން ތަންފީޒް ކުރަން ފަށާފައިވާ ކަން އާދިލް ފާހަގަކުރެއްވި އެވެ.
“އޭރުގަ ޖީއެމްއާރުގެ ޕްލޭނަކީ ހަގީގަތުގަ ހަމައެކަނި ޓާމިނަލް ބިލްޑިންގެއް އެޅުން. އެކަމަކު މި ސަރުކާރުގަ ހަމައެކަނި ޓާމިނަލްއެއް ނޫން. ޓާމިނަލް އެއް އެކަނި އަޅައިގެން މި ހުރިހާ މައްސަލަތަކެއް ހައްލެއް ނުވާނެ އިތުރު ރަންވޭއަކާއި، ވަސީލަތްތައް ނެތިއްޔާމު. އެކަމަކު މި ސަރުކާރުން އެއަށްވުރެ ސްޓްރެޓިޖިކް ވިސްނުމެއްގަ އެއަށްވުރެ ބޮޑު ޕްލޭނެއްގެ ދަށުންނޭ މިކަން މިކުރީ.” އާދިލް ވިދާޅުވި އެވެ.
އެމްއޭސީއެލްގެ އޮފީހުގައި އީޓީގެ ލިޔުންތެރިޔާ ޢަބްދުﷲ އަޝްރަފް އާ ހިއްސާކުރެއްވި ގަޑިއެއްހާއިރުގެ ބަސްދީގަތުމުގައި ޖީއެމްއާރުގެ ވާހަކައިގެ އިތުރުން އެއާޕޯޓް ތަރައްގީ ކުރުމަށް މިހާރު ފަށާފައިވާ ބިޔަ ޕްރޮޖެކްޓްތަކާ ގުޅޭ މުހިއްމު ވާހަކަތަކާއި، އާދިލް ގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޝައުގުވެރި ވާހަކަތަކެއް ހިއްސާކޮށްފައިވ ެއެވެ. މި ހުރިހާ ވާހަކަތަކެއް ހިމަނައިގެން އާދިލްގެ ހާއްސަ ޕްރޮފައިލް އެއް ކުރިއަށްއޮތް ރޯދަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ޝާއިއުކުރެވޭނެ އެވެ. އިންތިޒާރުކޮށްލައްވާށެވެ.
miiiee then hama interview tha noonee kurkukuru report tha?
އެމްޑީްއަކަށް ހަޖަމެއް ނުވާނެ ކަން ޔަގީން.