
ވިލާ ރިސޯޓްސްއިން ރޯޔަލް އައިލެންޑް ރިސޯޓުގެ އެގްޒެކެޓިވް ޝެފްގެ މަޤާމަށް ފައިޒް އިދްރީސް އައްޔަންކޮށްފި އެވެ.
ވިލާ ރިސޯޓްސްއިން ބުނިގޮތުގައި މިއީ ރިސޯޓްގެ ކަލިނަރީ ލީޑަރޝިޕް ހަރުދަނާކޮށް، ކެއުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް އެޅުނު ފިޔަވަޅެކެވެ.
ހޮސްޕިޓަލިޓީ ދާއިރާގައި ފުޅާ ތަޖުރިބާއެއް ލިބިފައިވާ ބ. އޭދަފުއްޓަށް އުފަން ޝެފް ފާއިޒް، ރޯޔަލް އައިލެންޑާ ގުޅިވަޑައިގަތީ ނަން މަޝްހޫރު ރިސޯޓްތަކާއި ބައިނަލްއަޤްވާމީ މުއައްސަސާތަކުގެ ގިނަ އައުޓްލެޓްތަކެއް ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށްފަހުގައެވެ.
މެނޫ ތައްޔާރުކުރުމާއި، ކިޗަން ބްރިގޭޑް ލީޑަރޝިޕް، ކާބޯތަކެތީގެ ޚަރަދު މެނޭޖްކުރުމާއި، އެޗްއޭސީސީޕީ މިންގަނޑުތައް ތަންފީޒުކުރުމުގައި އޭނާއަށް ވަނީ ފުޅާ ތަޖުރިބާއެއް ލިބިފައެވެ. އެގޮތުން ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް ޝެފް އޮފް ދަ އިޔަރ އަދި އެންޝުއަރ ފުޑް ސޭފްޓީ ލީޑަރޝިޕް އެވޯޑް ހިމެނޭގޮތަށް އޭނާގެ ކާމިޔާބީތައް ވަނީ ގިނަ ދާއިރާތަކުން ފާހަގަކުރެވިފައެވެ.

ރޯޔަލް އައިލެންޑްގައި އޭނާގެ އާ މަޤާމުގައި، ރެސްޓޯރަންޓްތަކާއި ބާތަކާއި ޕްރައިވެޓް ޑައިނިންގގެ އެންމެހާ ކަލިނަރީ ހިންގުންތައް ބަލަހައްޓަވާނެއެވެ. ދިވެހި އަދި ބައިނަލްއަޤްވާމީ މެނޫތައް މޫސުމީ، ޓެކްނިކަލް އުކުޅުތަކަށް ބިނާކޮށް އިތުރަށް ފުރިހަމަކުރުމާއެކު، ރިސޯޓްގެ ކިޗަން ޓީމްތަކުގެ ފުޑް ސޭފްޓީ އަދި ޕްރޮފެޝަނަލް ތަމްރީނުތަކަށް ކުރާ އިލްތިޒާމް ދެމެހެއްޓުމަށް އޭނާ މަސައްކަތްކުރައްވާނެއެވެ.
ޔުނެސްކޯގެ ބަޔޯސްފިއަރ ރިޒާވް ކަމުގައިވާ ހަނިފަރު ކައިރީގައި ބ. އަތޮޅުގައި ހުންނަ ރޯޔަލް އައިލެންޑަކީ ބޫޓިކް-ސްޓައިލް ހޮސްޕިޓަލިޓީއާއި ދިވެހި ސަގާފަތާ ގުޅިލާމެހިފައިވާ ރިސޯޓެއްގެ ގޮތުގައި މަޝްހޫރު ތަނެކެވެ. މި ރިސޯޓަކީ ޝެފް ފާއިޒްގެ އިންގްރީޑިއަންޓް-ލެޑް ކައިޒީންއާއި ހިތްހެޔޮ، އަސްލު ރަށްވެހި ޚިދުމަތް ދެއްކުމަށް އެންމެ އެކަށީގެންވާ ތަނެވެ.

