އޭދަފުށި ބިން ހިއްކަން ބީލަމަށް ހުޅުވާލައިފި

މަތިން ނަގާފައިވާ އޭދަފުށީގެ ފޮޓޯއެއް. މިއަހަރު އޭދަފުށިން ބިން ހިއްކަން ހަމަޖެހިފައިވާކަން ސަރުކާރުންވަނީ ހާމަކޮށްފައި
މަތިން ނަގާފައިވާ އޭދަފުށީގެ ފޮޓޯއެއް. އޭދަފުށިން ބިން ހިއްކަން މިހާރުވަނީ ބީލަމަށް ހުޅުވާލައިފައި

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ބ. އޭދަފުށްޓާއެކު އިތުރު ތިން ރަށެއްގެ ބިން ހިއްކައިދޭނެ ފަރާތެއް ހޯދުމަށް ހައުސިން މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ބިން ހިއްކުމަށް ހަމަޖެހިފައި ވަނީ އޭދަފުށީގެ އިތުރުން މ.މުލި، ތ. މަޑިފުށި އަދި ގދ. މަޑަވެލި- ހޯޑެއްދޫ ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން އޭދަފުށިން 25.79 ހެކްޓަރު ހިއްކަން ޖެހޭ ކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ހަތަރު ރަށުގެ ބިން ހިއްކުމުގެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަން ޖެހެނީ އަންނަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހު އެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މަޝްރޫއުތައް ހިންގަނީ ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި ޕްރޮޖެކްޓް ހިންގުމުން ވަކި މުއްދަތެއްގެ ތެރޭގައި ސަރުކާރުން އަގު އަދާކުރާ ގޮތަށެވެ.

ހައުސިން މިނިސްޓްރީން ބުނެފައި ވަނީ މަޝްރޫއުތަކަށް ކުރިމަތިލާ ފަރާތްތަކަކީ މާލީ ގޮތުން އެފަދަ މަޝްރޫއެއް ހިންގުމުގެ ގާބިލްކަން ލިބިފައިވާ ކުންފުންޏެއްތޯ ބަލާނެ ކަމަށެވެ.

އޭދަފުށީ ބިންހިއްކުމުގެ މަޝްރޫއުއާ ބެހޭގޮތުން ހައުސިންގ މިނިސްޓްރީގެ ޓީމެއް މިދިޔަ ހަފްތާގައި މިރަށަށް ވަޑައިގެން އެ މަޝްރޫއު ފެށުމުގެ ކުރިން އެކަމާ ބެހޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމެއްވަނީ ބާއްވައިފިއެވެ. އެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ބޭފުޅުން ވިދާޅުވީ  އޭދަފުށީ ބިންހިއްކުމުގެ މަޝްރޫއު ފެށުމަށް އީއައިއޭ ރިޕޯޓް ހެދުމަށް މިހާރު ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށާއި އޭޕްރިލް މަހުތެރޭ އީއައިއޭ ހައްދަވާ ބޭފުޅުން މިރަށަށް ވަޑައިގެން އެކަމުގެ ދިރާސާތައް ކުރައްވަން ފައްޓަވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

6 ކޮމެންޓް

  1. ބަތްޕެން

    އޭދަފުށި ހިއްކަން ތިއުޅެނީ 2013 ގެ ކެމްޕެއިނަށްކަން ޔަޤީން. އޭދަފުށި މީހުންނަކީ އެގޮތަށް ވިކިދާނެ ބައެއްކމަކަށް ނުދެކެން. އެމީހުންނަކީ ފުދިގެން އުޅެ ބައެއްކަން ރާއްޖޭގެ ރައްޔިތުންނަށްވެސް އެކަން އެގޭނެ. ބުނާހާ ބަހަކަށް ހެއްލޭނެ ބައެއްނޫން. ސިޔާސީ ކަންކަމާ ވަރަށް ދުރުވާނެ. ތަޅާ ފޮޅައެއް ނުހަދާނެ . އެއަށްވުރެ މާ ހަމަޖެހޭ ބައެއް. ވިސްނުން ރަގަޅުވާނެ. އެކަން އޭދަފުއްޓަށް ދާމީހަކަށް އެގޭނެ//////////////////

    ރައްދު
  2. baa

    ކީކޭ މިކިޔަނީ… ނުވަނޏާވެސް ހުއްޓާލާފަ ނިކަން އައްނި އާ ހަވާލުކޮށްބަލަ… އޭރުން ނިދައިފަ ހޭލާއިރު އޮންނާނީ ބިންހިއްކާ ނިމިފަ…

    ރައްދު
  3. Sainosa Raai

    ފުރަތަމަ އީޓީގަ އިނީ 22 ހެކްޓަރ ހިއްކަން ހަމަޖެހިފަ އޮތްކަމަށް އޭގެ ފަހުން 12 ހެކްޓަރަށް ކުޑަވާހަކަ އަޑުއެހިން ދެން މިއަދު މި އަޑުއިވުނީ ހިިއްކަން ހަމަޖެހިފައިވަނީ 25.79 ހެކްޓަރ އޭ ކިހިނެއް މިވަނީ!!

    ރައްދު
  4. IKRAMM

    “ބިންހިއްކުމުގެ މަޝްރޫއުގެ ޕްލޭނާ ބެހޭގޮތުން މައުލޫމާތު ދެއްވި ހައުސިން މިނިސްޓްރީގެ ބޭފުޅުން މިއަދު ވިދާޅުވީ އޭދަފުށީ ފަޅުން ހިއްކުމަށް ނިންމާފައިވަނީ 12 ހެކްޓަރު ނަމަވެސް އެއަށްވުރެ އިތުރުކުރެވޭތޯބެލުމަށް އީއައިއޭ ރިޕޯޓް ހައްދަވާ ބޭފުޅުންނަށް ދަންނަވާފައިވާނެ ކަމަށެވެ.” މިއީ ކުރިން އީޓީ ގަ ޖަހާފައިވާ އާރޓީކަލްއެއް މީގެ ހަފްތާއެއް ކުރިން. އޭރު 12 ހެކްޓަރު ކަމަށް.
    އެކަމަކު މިއަދު މިނޫހުގައި ޖަހާފައި މިވަނީ 25 ހެކްޓަރު ކަމަށް.
    “އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ބިން ހިއްކުމަށް ހަމަޖެހިފައި ވަނީ އޭދަފުށީގެ އިތުރުން މ.މުލި، ތ. މަޑިފުށި އަދި ގދ. މަޑަވެލި- ހޯޑެއްދޫ ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން އޭދަފުށިން 25.79 ހެކްޓަރު ހިއްކަން ޖެހޭ ކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ”

    ކިހިނެއްބާ މިވަނީ؟؟؟؟؟ އީޓީ އިން މިކަން ސާފު ކޮށްދެއްވުން އެދެން. އެބޭފުޅުން ކިޔާ އެއްޗެއް ދިމާ ނުވަނީތޯ. ؟؟؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.