ފުރާވަރު ކުދިންގެ ހެލްތު ސްކްރީނިން ޕްރޮގްރާމްގެ ދަށުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 7 ގެ ދަރިވަރުން ހެލްތު ސްކްރީން ކޮށްފި އެވެ.
މިއަދު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ތައުލީމީ މަރުކަޒުގެ 44 ދަރިވަރަކު ވަނީ ހެލްތު ސްކްރީން ކޮށްފަ އެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައިި އެ ހޮސްޕިޓަލުގެ ޕަބްލިކްހެލްތު ޑިޕާޓްމެންޓުގެ ފަރާތުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ކުދިންގެ ސިއްހީ މައްސަލަތައް ހުރިތޯ ޗެކުކޮށް ލެބޯޓްރީ އިންވެސްޓިގޭޝަންތައް ވަނީ ކޮށްފަ އެވެ.
އަދި މީގެ އިތުރުން ބެލެނިވެރިންނަށް ވަނީ މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށްގެންގޮސްފަ އެވެ.
މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ހެލްތް ސްކްރީން ޕްރޮގްރާމަކީ ،ސަރުކާރުގެ އެޑޮލިސެންޓް ހެލްތުސްކްރީނިން ޕްރޮގްރާމްގެ ދަށުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން ރާއްޖޭގެ ސްކޫލްތަކުގައި މުޅިން އަލަށް ހިންގާ ޕްރޮގްރާމެކެވެ.