މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޒޯން ފަހެއްގެ ފައިނަލްގައި މިއަދު ލަނޑާގިރާވަރު ރިސޯޓް އަތުން ސީދާ ތިން ސެޓުން މޮޅުވެ، އަނަންތަރާ ކިހަވައް ވިލާސްއިން ތަށި ދިފާއުކޮށްފި އެވެ.
އަނަންތަރާގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ ފައިނަލްގައި ފޯސީޒަންގެ މައްޗަށް ކުރިހޯދީ 19-25. 17-25 އަދި 08-25 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަނަންތަރާ ކިހަވައް ވިލާސްގެ ދިމުތު އުޕަސާންތާ އެވެ.
މި ޒޯންގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ އަނަންތަރާގެ ދިމިތް އާއި އަހުމަދު ހުސެއިން އާއި ޖަވަމް އަލީގެ އިތުރުން ފޯސީޒަންގެ ޝައްދާދް ޒަކީ އާއި އަކްރަމް އަބްދުﷲ އަދި ސޮނެވާގެ އަލީ ވިޝާން އެވެ.
އެންމެ މޮޅު ކޯޗަކަށް ހޮވުނީ އަނަންތަރާގެ މުހައްމަދު ޝަރަފު އެވެ.