އޭދަފުށި ޑައުންޓައުން ގްރޫޕުން އިސްނަގައިގެން އަންނަ އަޞްހާ ޢީދު ބަންދުގައި ކުރިޔަށް ގެންދަން ހަމަޖައްސާފައިވާ ވުމެންސް ފުޓްސަލް މުބާރާތުގެ ގުރުނެގުމުގެ ރަސްމީޔާތު މިރޭ ބާއްވައިފިއެވެ.
10 ޓީމު ބައިވެރިވި މި މުބާރާތުގެ ގުރުނެގުމުގެ ރަސްމީޔާތު ކުރިޔަށް ގެންދިޔައީ އޭދަފުށީ ޒުވާނުންގެ މަރުކަޒުގައެވެ. ސެޕްޓެމްބަރ 10 އަކުން 16 ގެ ނިޔަލަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި މުބާރާތް ކުޅޭނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ.
މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނުނު ޓީމްތަކަކީ ހުސްސޮގުން، ވެލާ ސިޓީ، އިރުމަތީ ލަވާރސް ފެމިނަ، ރުވާ އަދި މަގޫ ސްޓާރސް އެވެ. ގްރޫޕް ބީ ގައި ހިމެނުނު ޓީމް ތަކަކީ ޔުނައިޓެޑް ވީ، އެފް.ސީ ހަމަދޫކޮށްލީ، ޕްރެގް ލޭޑީސް، ފްރެންޑްސް އަދި އެފް.ސީ އަގްލިއޯ އޮލިއޯ އެވެ.
މި މުބާރާތް ފަށާނީ އަންނަ ހޮނިހިރު ދުވަހުރޭ 8:00 ގައި އޭދަފުށި ފުޓްސަލް ދަނޑުގައެވެ. މުބާރާތް ހުޅުވާ މެޗްގައި ބައްދަލު ކުރާނީ ހުސްސޮގުން ޓީމާއި ވެލާ ސިޓީ ޓީމެވެ.
މި މުބާރާތުގެ ރަސްމީ ޝެޑިޔުލް މާދަމާ ޓީމްތަކާ ހަވާލުކުރާނެ ކަމަށް މުބާރާތް އިންތިޒާމް ކުރާ ފާރާތުން މަޢުލޫމާތުދެއެވެ.