އޭދަފުށީ ޒުވާނުންގެ ކްލަބުން އިންތިޒާމްކޮށްގެން ކޮންމެ އަހަރެއްގެ ވެސް ބޮޑު އީދު ބަންދުގައި ކުރިޔަށް ގެންދާ ފުޓްބޯޅަ މުބާރާތް ފެށުން ފަސްކޮށްފިއެވެ.
މިއަދު ހަވީރު ފަށަން ކުރިން ހަމަޖައްސާފައި އޮތް މި މުބާރާތް މިހާރު ފަށަން ހަމަޖައްސާފައިވަނީ މާދަމާ ހަވީރުއެވެ. މާދަމާ ހަވީރު އޮންނަ މެޗުގައި ބައްދަލުކުރާނީ އެމް.އޭ ޔުނައިޓެޑް އާއި ހުސްސޮގުން ޓީމެވެ.
މުބާރާތް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ޒާހިދު (ބައްޓޭ) އީޓީއަށް މަޢުލޫމާތު ދެމުން ބުނީ މުބާރާތް ފަސްކުރަން ޖެހުނީ މާލެއިން އަންނަން ހަމަޖެހިފައިވާ ރެފްރީންނަށް ނާދެވުމުގެ ސަބަބުން ކަމަށެވެ. އަދި މާދަމާ ހަވީރު މުބާރާތް ފެށޭނެ ކަމުގެ ފުރިހަމަ ޔަގީން އެބައޮތް ކަމަށް އޭނާ ބުންޏެވެ.
މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނާރ އަކަށް ހަމަޖައްސާފައިވަނީ އޭދަފުށި ޓައިމްސް (އީޓީ)އެެވެ.
Maadhamaa haveeru Man u vs Man city
Maadhamaa haveeeru MA United vs Hus songun
ma baynun 2 match ves balan
Champion team ah dheyn buji laari nudhe anekka aneh mubaaraaiy.nooney battey vaa molhu.
Keyas nukeyas kulheynan kamaah kulhey kudhine bunyo dhw.