
އުރީދޫ މޯލްޑިވްސް އިން “އުރީދޫ ފެންޓަސީ ލީގް”ގެ ނަމުގައި ޓޯނަމެންޓެއް އިއުލާނު ކޮށްފިއެވެ.
މިއީ މިގޮތަށް އުރީދޫ މޯލްޑިވްސްއިން އިންތިޒާމް ކުރާ ދެވަނަ ފެންޓަސީ ފުޓްބޯޅަ މުބާރާތެވެ. 2018 ވަނަ އަހަރު ފީފާ ވޯލްޑްކަޕްއާ ގުޅިގެން އުރީދޫ އިން ވަނީ އުރީދޫ ވޯލްޑް ކަޕް ފޯރި ފެންޓަސީ ފުޓްބޯލް ޓޯނަމެންޓުގެ ނަމުގައި މުބާރާތެއް ބާއްވައިފަ އެވެ.
އުރީދޫ ފެންޓަސީ ލީގުގެ ޕާޓްނަރުންނަކީ ވެސްޓޯ އޮންލައިން، ހައިސެންސް ބައި ރެޑްވޭވް އަދި ސޮނީ ސްޕޯޓްސް އެވެ.
ސްޕޮންސަރުންނާ ގުޅިގެން ލީގުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ވަނަ ހޯދާ 10 ފަރާތަކަށް އަގު ހުރި އިނާމްތަކެއް ވަނީ ކަނޑައަޅައިފައެވެ.
- 1ވަނަ އަށް ވީސްޓޯ އޮންލައިންގެ ފަރާތުން ދޭ ޕްލޭސްޓޭޝަން 5 ބްލޫރޭ އެޑިޝަން
- 2ވަނަ އަށް ހައިސެންސް ބައި ރެޑްވޭވް ގެ ފަރާތުން ދޭ ހައިސެންސް 65 އިންޗީގެ 4ކޭ ކިއުލެޑް ސްމާޓް ޓީވީ އަދި ސައުންޑް ބާ
- 3ވަނަ އަށް ސޮނީ ސްޕޯޓްސްއިން ދޭ އެޑިޑަސް ޔުނިފޯރިއާ-ޔޫރޯ 2020 އޮފިޝަލް މެޗް ބޯޅަ އަދި 1000 ރުފިޔާގެ ގިފްޓް ވައުޗާއެއް
- 4ވަނައިން ފެށިގެން 10ވަނަ ހޯދާ ކޮންމެ ފަރާތަކަށް ސޮނީ ސްޕޯޓްސްއިން 500 ރުފިޔާގެ އަގުހުރި ގިފްޓް ވައުޗަރެއް
ޔޫރޯ 2020 ފެންޓަސީ ފުޓްބޯލްއަކީ ޔޫރޯ 2020 ގައި ބައިވެރިވާ ގައުމީ ޓީމްތަކުގެ ކުޅުންތެރިންތަކެއް އިހްތިޔާރުކުރުމަށް ފަހު ޑްރީމް ޓީމެއް މެނޭޖްކުރުމުގެ ތަޖުރިބާ ހޯދައިދޭ ގޭމެކެވެ. އެ ގޭމުގައި ޕޮއިންޓް ލިބޭނީ، އެ ޓީމަކަށް ނެގުނު ކުޅުންތެރިން ޔޫރޯ 2020ގައި ދައްކާ ކުޅުމަށް ބިނާކޮށް ކަމަށާއި ޔުއެފާ ޔޫރޯ 2020 ވެބްސައިޓް މެދުވެރިކޮށް ނުވަތަ ޔުއެފާ ގޭމްސް އެޕް މެދުވެރިކޮށްވެސް މި ލީގުގައި ބައިވެރިވެ ކުޅެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.
އުރީދޫ ފެންޓަސީ ލީގުގައި ބައިވެރިވުމަށް http://ore.do/fantasyeuro20 ނުވަތަ 64OXKZRT08 ކޯޑް ބޭނުންކުރާށެވެ.
އިތުރު މައުލޫމާތު http://ore.do/fantasy-terms އިން ލިބޭނެ އެވެ.


