މީޑިއާ ނެޓްގެ އައިސް ޓީވީ އާއި އައިސް ސްޕޯޓްސް އިން ލަ ލީގާގެ މެޗުތައް ބަލާލެވޭނެ

ސްޕެނިޝް ލަލީގާ އަލުން މީޑިއާ ނެޓް މެދުވެރިކޮށް ތިން އަހަރުގެ މުއްދަތަށް ދައްކަން، އެ ކުންފުނިން ބްރޯޑްކާސްޓިން ރައިޓުސް ގަނެފި އެވެ.

ރާއްޖޭގެ ގަޑިން މާދަމާ މިރޭ ދަންވަރު 12 ޖަހާއިރު ފަށާ، ލަލީގާގެ އާ ސީޒަންގެ ފުރަތަމަ މެޗުގައި ކުޅޭނީ ވެލެންސިއާ އާއި ގެޓާފޭ އެވެ. އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް އާދިއްތަ ދުވަހުގެ ރޭ 8:30 ގައި ނުކުންނާނީ ސެލްޓަ ވީގޯ އާ ދެކޮޅަށެވެ.

މީޑިއާނެޓުން ބުނި ގޮތުގައި އައިސް ޓީވީ އާއި އައިސް ސްޕޯޓްސްގެ އިތުރުން، ލަ ލީގާގެ މެޗުތައް އެ ކުންފުނީގެ މަލްޓި-ސްކްރީން އެޕްލިކޭޝަން މެދުވެރިކޮށް ފޯނާއި ލެޕްޓޮޕް ފަދަ ވަސީލަތްތަކުންވެސް ލައިވްކޮށް ބަލާލެވޭނެއެވެ. އަދި އަލްޓްރާ ހައި ޑެފިނިޝަން އެންޑްްރޮއިޑް ޓީވީ ބޭނުން ކުރާ ފަރާތްތަކަށް އެމްއެސްޓީވީ މެދުވެރިކޮށްވެސް މެޗުތައް ބަލާލެވޭނެއެވެ.

މީޑިއާނެޓުން ބުނި ގޮތުގައި، މަލްޓިސްކްރީނުން ލައިވްކޮށް ދައްކާ މެޗުތައް ވަގުތުން ނުބެލުނު ނަމަވެސް ފަހުންވެސް ބެލެން ހުންނާނެއެވެ. އެގޮތުން ފާއިތުވި ހަތަރު ދުވަހުގެ ޕްރޮގްރާމުތައް ބެލޭނެ ގޮތް އެ އެޕްލިކޭޝަނުގައި ހަދާފައިވެއެވެ.

މީގެ އިތުރުން މަލްޓިސްކްރީން އާއި އެމްއެސްޓީވީން ރިމައިންޑާސް ސެޓުކޮށް، ޕޯސް ކުރުމާއި ޕްލޭ ކުރެވެން ހުންނާނެ ކަމަށް މީޑިއާނެޓުން ބުންޏެވެ.

ލަ ލީގާގެ އަލަށް ފެށޭ ސީޒަނުގައި އެންމެ ފުރަތަމަ ކުޅޭނީ ވެލެންސިއާ އާއި ގެޓާފޭއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.