
ވޭލް ޝާކް ނުވަތަ ފެހުރިހި ކާ އެއްޗެއް ދިމާކޮށްގެން އުރީދޫގެ މިއަހަރުގެ ކަލަންޑަރު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އުރީދޫން މި ފުރުސަތު ހުޅުވާލާފައިވަނީ ފޭސްބުކް އަދި ޓްވިޓާގަ އެވެ.
އެ ކުންފުނިން ކުރި ޓްވީޓުގައި ވަނީ ތިން އިހްތިޔާރެއް ދިނުމަށް ފަހު ރަނގަޅު ޖަވާބު ހިޔާރުކޮށް އެ ޓްވީޓަށް ރިޕްލައި ކުރުމަށް އެދިފަ އެވެ.
އަދި ރަނގަޅު ޖަވާބު ފޮނުވާއިރު #OMMageyRaajje2022 ބޭނުން ކުރަން ޖެހޭނެ އެވެ. ޖަވާބު ދިމާކޮށް ޓްވީޓްކުރާ މީހުންގެ ތެރެއިން އެކަކަށް އުރީދޫގެ ކަލަންޑަރު ލިބޭނެ އެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 11:59 އާ ހަމައަށެވެ
އުރީދޫގެ މަގޭ ރާއްޖެ ކަލަންޑަރަކީ ދިވެހި ކަނޑުތަކުގެ ތަފާތު ދިރުންތައް ދައްކުވައިދޭ ކަލަންޑަރެކެވެ. މި ކަލަންޑަރުގައި ހުންނަ ސްނެޕް ކޯޑް ސްކޭން ކޮށްލައިގެން އޯގްމެންޓަޑް ރިއާލިޓީން މި ދިރުންތައް ބަލާލެވޭނެއެވެ.
އުރީދޫގެ މިއަހަރުގެ ކަލަންޑަރު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތާ ވެސް ގުޅުވައިގެންނެވެ.
މި ކަލަންޑަރުގައި ހިމެނޭ ކޮންމެ މަހެއްގައި ކުރު ތައާރަފަކާއެކު ރާއްޖޭގައި އާއްމުކޮށް ފެންނަ ތަފާތު ދިރުންތަކެއް ދައްކުވައިދެ އެވެ. އަދި ކަލަންޑަރު ބޭނުންކުރާ މީހުންނަށް އެ މަހަކަށް ހާއްސަކޮށްފައިވާ ސޮފްހާގައި ފެންނަ ސްނެޕްޗެޓް ކޯޑް ސްކޭންކޮށް ކަލަންޑަރުން ފެންނަ ރާއްޖޭގެ ދިރުންތައް އޮގްމެންޓެޑް ރިއަލިޓީ މެދުވެރުކޮށް ތަޖުރިބާ ކުރެވޭނެ އެވެ.
މީގެ އިތުރުން އޭއާރް ފީޗާގެ ހުރިހާ އުމުރުފުރައަކާ ގުޅުވާލާ ކޮންމެ މަހަކަށް ހާއްސަ ކުރެވިފައިވާ ދިރުންތައް ތައްޔާރު ކުރެވޭ އޮރިގާމީ ކަރުދާހެއްވެސް ވަނީ ކަލަންޑަރުގައި ހިމަނާފައެވެ. މިއާއެކު ކޮންމެ މަހަކަށް އޮރިގަމީ ހެދުމަށް އިރުޝާދު ދޭ ވީޑިއޯ ވެސް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ. އޮރިގާމީ ކަރުދާހުގައި ވާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން އިރުޝާދު ދޭ ވީޑިއޯ ހުޅުވާނެ އެވެ.


