ސޮނެވާގެ ކޮންމެ މުވައްޒަފަކަށް ސާވިސްޗާޖުގެ ގޮތުގައި ބައި ލައްކަ ރުފިޔާ

ސޮނެވާފުށި ރިސޯތްގެ މުވައްޒަފެއް. މިމަހުސާވިސް ޗާޖުގެ ގޮތުގައި ސޮނެވާ އިން ކޮންމެ މުވައްޒަފަކަށް ބައިލައްކަ ރުފިޔާ ލިބުނު- ފޮޓޯ/ އިންތި ހަބޭސް

މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ސޮނެވާ އިން ކޮންމެ މުވައްޒަފަކަށް ބައިލައްކަ ރުފިޔާ ދީފި އެވެ.

ރިސޯޓުތަކުގެ ސާވިސް ޗާޖާ ގުޅޭ މައުލޫމާތު އާއްމުކުރާ “ރިސޯޓް ވޯކާސް މޯލްޑިވްސް” ގެ ފޭސްބުކް ޕޭޖުގައިވާ ގޮތުން، ސޮނެވާގެ ރިސޯޓުތަކުން ވަނީ މިމަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 3،253.64 ޑޮލަރު (50،171ރ.) ވަނީ ދީފަ އެވެ.

 ސޮނޭވާގެ އިތުރުން ވެލާ ޕްރައިވެޓް އައިލެންޑާއި ވަލްޑޯފް އެސްޓޯރިއާ އިތާފުށިން ވެސް މި މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ބައިލައްކަ ރުފިޔާ ވަނީ ދީފަ އެވެ.

މި މަހު ގިނަ ރިސޯޓުތަކުގެ ސާވިސް ޗާޖު އިތުރުވެފައި ވަނީ ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު އިތުރުވެ، އެ ރިސޯޓުތަކުގެ އޮކިއުޕެންސީ އިތުރުވުމުންނެވެ. އާއްމުކޮށް އަހަރުގެ ފަހުކޮޅާ ދިމާކޮށް ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ އިތުރުވެ އެވެ.

ރިސޯޓް ވޯކާސް މޯލްޑިވްސް އިން އާންމުކުރަނީ އެކި ރިސޯޓުތަކުގެ މުވައްޒަފުން ފޯރުކޮށްދޭ މައުލޫމާތެވެ.

ރާއްޖޭގެ ހުރިހާ ޓޫރިސްު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރު ކޮށްފަ އެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރ ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ގޯނިބޭކުޑައަލީ

    އެތައް މިލިޔަން ޑޮލަރު އަރާ ސާވިސްޗާޖް ނުދިނީމަ އެންމެ ބައިލައްކަ ރުފިޔާ އިން ޖޫރުމަނާ ކުރީމަ

    ރައްދު
  2. Ali Hassan

    Ehenveema mihaaru libey service charge ithuruvegen midhanee keehveheyyeve kurin mihaavarah service charge resort thakun nudhenee gaanooneh netheema tho nooni resort thakun service charge makalu hadhanee tho mee varah bodah ufedhey suvaalekeve ..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.