
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި އެވެ. މި ބަދަލު މި ގެނައީ ދުނިޔޭގެ ބާޒާރުގައި ވެސް ތެލުގެ އަގު މައްޗަށް ދިއުމާ ގުޅިގެންނެވެ.
މި ގެނައި ބަދަލުތަކާ އެކު ކުރިން 11.84ރ. އަށް ލިބުނު ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ލިބޭނީ 13.04ރ. އަށެވެ. އަދި ކުރިން 11.16ރ. އަށް ވިއްކި ޕެޓްރޯލް ލީޓަރެއްގެ މިހާރުގެ އަގަކީ 12.98ރ. އެވެ.
އެންމެ ފަހުން އެ ކުންފުނިން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ މަހުގެ 21ގަ އެވެ.
އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ބުނީ ޕެޓްރޯލާއި ޑީސަލުގެ އަގު އުފުލުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލޭތީ އެ ކުންފުންޏަށް ވެސް އަގުބޮޑުކޮށް ތެޔޮ ލިބެތީ ކަމަށެވެ. މިވަގުތު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއް ލިބެނީ 94.44 ޑޮލަރު (1،456ރ.) އަށެވެ.


