އުރީދޫ އެމްފައިސާ މެދުވެރިކޮށް ވައިބައިން ފައިސާ ދެއްކޭ ގޮތް ހަދައިފި

އުރީދޫން ބުނީ މި ޚިދުމަތް އީޖާދުކޮށްފައިވަނީ ވަކި ވަކި ކަސްޓަމަރުންނަށާއި އޮންލައިން ފިހާރަތަކާއި ކެފޭ، ރެސްޓޯރަންޓް އަދި ކޯނާ ޝޮޕްތައްފަދަ ކުދި ވިޔަފާރިވެރިންނަށް އިތުބާރައި ފަސޭހަ ކަމާއެކު ފައިސާ ޓްރާންސްފާ ކުރުމުގައި ހައްލެއް ހޯދައިދިނުމުގެ މަޤްސަދުގައިކަމަށެވެ.

ވައިބާމެދުވެރިކޮށް އެމް-ފައިސާ އިން ފައިސާ ފޮނުވާ ފުރަތަމަ 1000 ކަސްޓަމަރުންނަށް ޚާއްސަ އޮފާއެއްގެ ގޮތުގައި އެމް-ފައިސާ ވޮލެޓަށް 25 ރުފިޔާގެ ކޭޝްބެކް އެއް ލިބޭނެކަމުގައިވެސް އެ ކުންފުނިންވަނީ ބުންޏެއެވެ. މި އޮފާ ލިބޭނީ ސިލްވާ ނުވަތަ ގޯލްޑް ވޮލެޓު ގެންގުޅުއްވާ ކަސްޓަމަރުން ގެ ތެރެއިން މި މަހުގެ ތެރޭގައި އެންމެ މަދުވެގެން 500 ރުފިޔާ ކޭޝް-އިން ކުރައްވަައިފައިވާ ކަަސްޓަމަރުންނަށެވެ.

ވައިބާ މެދުވެރިކޮށް އެމް-ފައިސާއިން ކާމިޔާބުކަމާއެކު ޓްރާންސްފާ އެއް ހެދުމުން، އޮޓޯއިން ފޮނުވާ ފަރާތުގެ އިތުރުން ފައިސާ ލިބޭ ފަރާތައްވެސް ވަގުތުން ކޮންފަމޭޝަަން މެސެޖެއް ލިބޭނެއެވެ. އެހެންކަމުން ޓްރާންސެކްޝަން ރިސިޕްޓްތައް އޮޅުވާލުމުގެ ފުރުސަަތު ކުޑަވެ އޮޅުވާލައިގެން ފައިސާހޯދުން ހުއްޓުވޭނެކަމަށް އުރީދޫން ބުނެއެވެ.

ވައިބާގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވުމަށް ވައިބާ ޗެޓް ހުޅުވުމަށްފަހު ޖިފް+ ހުޅުވާ، އެމް-ފައިސާ ޚިޔާރުކުރައްވާށެވެ. އެއަށްފަހު “ސެންޑް މަނީ” ޚިޔާރުކުރަައްވާށެވެ. ދެން އެމް-ފައިސާ އެކައުންޓަށް ލޮގިން ވުމަށް ޓަކައި ޕިން ޖަަައްސަަވާށެވެ.

ޕިން ޖެއްސެވުމަށްފަހު ފަައިސާާ ފޮނުވަން ބޭނުން ފަރާތުގެ ނަންބަރާއި އަަދަަދު ޖަައްސަަވާ “ޝެއާ ރިސިޕްޓް” ޚިޔާރު ކުރެއްވުމުން ވައިބާ މެދުވެރިކޮށްް ކޮންޕަމޭޝަން މެސެޖް ލިބިވަަޑަައިގަަންނަަވާނެއެވެ.

ވައިބާ ޕްލެޓްފޯމަކީ ދިވެހީންގެ ތެރޭގައިގައި ވަރަށް ގިނައިން ބޭނުންކުރާ މަގުބޫލު މެސެޖިން ޕްލެޓްފޯމެކެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް ރައްޓެހިންނާއި އާއިލާ އާއި ގުޅުވާލަދިނުމުގެ އިތުރުން ބިލަށް ފައިސާ ދައްކާ ސްލިޕްތައް ވިޔަފާރިތަކާއި ކަސްޓަމަރުން ހިއްސާކުރާ ހިއްސާކުރުމަށް ވައިބާ ބޭނުންކުރާ ކުރުން ވަަނީ އިތުރުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.