ހުރިހާ ގޮތަކުން އެންމެމޮޅު ދަރިވަރުންނަށް އަޝްހާ އަދި އިޒުހަތު

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެކަންޑަރީ ބައިން މިދިޔަ އަހަރުގެ އެއްވަނަ ދަރިވަރު އިޒުހަތުއަށް އިނާމް ހަވާލުކޮށްދެއްވަނީ.—އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެކަންޑަރީ ބައިން މިދިޔަ އަހަރުގެ އެއްވަނަ ދަރިވަރު އިޒުހަތުއަށް އިނާމް ހަވާލުކޮށްދެއްވަނީ.—އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިދިއަ އަހަރުގެ ސެކަންޑަރީ ބައިން އަޝްހާ އަލީ ވަހީދު އަދި ހަޔަ ސެކަންޑްރީ ބައިން އެންމެމޮޅު ދަރިވަރަކަށް އިޒްހަތު ޝަމީމު ހޮވައިފި އެވެ.

މިހާރު އެ ސްކޫލުގެ ގްރޭޑް 11 ގައި ކިޔަވަމުން އަންނަ އަޝްހާ އަކީ މިދިޔަ އަހަރު ބޭއްވި އޯ ލެވެލް އިމްތިހާނުން ގައުމީ ގަދަ ދިހައަކުން ދެ ވަނަ ހޯދި ދަރިވަރެކެވެ.

މިއަހަރު އޭލެވެލް ނިންމި އިޒުހަތު ވަނީ އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން އޭ ފާސް ހޯދައިފަ އެވެ. އަދި އިޒުހަތު ވަނީ އޯލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުންވެސް އެއްވަނަ ހޯދައި 2014 ވަނަ އަހަރު ސެކަންޑްރީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމުވެސް ހޯދައިފަ އެވެ.

މި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރޭގެ ހަފުލާގެ ޝަރަފުވެރިމެހެމާން، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު އެވެ.

ރޭ ވަނީ އެ ސްކޫލުން އެކި ވަނަތައް ހޯދި 94 ކުދިންނަށް އިނާމު ދީފަ އެވެ. އޭގެ ތެރޭގައި އޯލެވެލް އަދި އޭލެވެލް އިމްތިހާނުން ރަން ވަނަތައް ހޯދި ދަރިވަރުން ހިމެނެ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ބޭއްވި އެ ރަސްމިއްޔާތުގެ ރެކޯޑިން ޓީވީއެމް އިން މާދަމާރޭ 8:45ގައި ދައްކާނެ ކަމަށް ތައުލީމީ މަރުކަޒުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޕިޓްބުލް

    ރަނގަޅު ޓީޗަރުން ނެތް އިރުވެސް ބުރަ މަސައްކަތުން ތި ހޯދި ކާމިޔާބީއަށް އައްސަރިބަހާ ސާބަސް! ސްކޫލުން މިހާރު ރަނގަޅު ޓީޗަރުން ހޯދަން މިއަށްވުރެ ބޮޑަށް މަސައްކަތް ކުރަން ވެއްޖެ! މިހާރުވެސް އޭލެވެލް ގަ ތިބި ޓީޗަރުންނަށް ވުރެ މާމޮޅައް ކިޔަވައިދޭނެ ތި ސްކޫލުން އޭލެވެލް ނިންމާ ކުދިންވެސް. ދެރަކަމެއް ދޯ!
    ދެ ކުދިންނަށްވެސް ވަރަށް މަރުޙަބާ. ބެސްޓް އޮފް ލަކް ފޮރ ޔުއަރ ފިއުޗާ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.