ހިތާދޫ އާ އިންޖީނުގެ ހުޅުވައި ހިދުމަތްދޭން ފަށައިފި

ބ. ހިތާދޫގައި 28 އަހަރު ހިދުމަތް ދެމުން ދިޔަ އިންޖީނުގެ ނިއްވާލައި މުޅިން އައު އިންޖީނުގެއަކުން އެރަށު ރައްޔިތުންނަށް މިހާރު ހިދުމަތް ދޭން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ބުނިގޮތުގައި ހިތާދޫގައި މިހާތަނަށް ހިދުމަތް ދެމުން ދިޔަ އިންޖީނުގެ ބަންދު ކޮށްފައި ވަނީ އެތަނުން ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތް ފޯރު ކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވާތީ އެވެ.

ހިތާދޫ އާ އިންޖީނުގޭގެ އޮފިސް ބައިގެ ބޮޑު މިނުގައި 104.56 އަކަ މީޓަރު ހުރެއެވެ. އަދި އިންޖީނުގެ 181.16 އަކަ މީޓަރު ހުރެއެވެ. މި އިންޖީނުގޭގައި ހިމެނޭ ބައިތަކުގެ ތެރޭގައި ޑެގް ރޫމާއި ކޮންޓްރޯލް ރޫމާއި ޗިމްނީ އާއި ވޯކް ޝޮޕްގެ އިތުރުން ޕޭންޓްރީ ހިމެނެއެވެ. އަދި އޮފީސް ބައިގައި ރިސެޕްޝަން އާއި އެޑްމިން އޭރިއާ ހިމެނެއެވެ.

ފެނަކައިން ބުނީ އައު އިންޖީނުގެއަށް ނަގާނީ 28 މުވައްޒަފުން ކަމަށެވެ.

އަލަށް ހިދުމަތް ދޭން ފެށި އިންޖީނުގެ ހުންނަނީ ހިތާދޫގެ ބަނދަރު ސަރަހައްދުގައި ކުލީބިން ނުވައަކާއި ދިމާލުން މަގެއްގެ ދެކުނުން 80 ނަންބަރު ކޮށީގައިއެވެ. މީގެ ކުރިން ބޭނުން ކުރަމުން ދިޔަ އިންޖީނުގެ ހުރީ އެ ރަށުގެ ރަށްދެބައި މަގުގައެވެ.

މިހާރު ބޭނުން ކުރަމުންދާ ޖެންސެޓްސްގެ ކެޕޭސިޓީ އަކީ 400 ކިލޯ ވޮޓާއި 160 ކިލޯ ވޮޓް ކަމަށް ފެނަކައިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.