
ބ. އޭދަފުށީ ކައުންސިލުން މާދަމާ ރޭ ރައްޔިތުންނާ ބައްދަލުކުރަން ނިންމައިފި އެވެ.
ކައުންސިލުން ބުނީ، ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލުތަކުން އަހަރަކު ދެފަހަރު ރައްޔިތުންނާ ބައްދަލުކުރުމަށް ލާޒިމުކުރެވިފައިވާ ބައްދަލުވުގެ ތެރެއިން ދެވަނަ ބައްދަލުވުން މާދަމާ ރޭ 21:00 ގައި މަލްޓިޕާޕަސް ހޯލްގައި އޮންނާނެ ކަމަށެވެ.
މި ބައްދަލުވުމަކީ ރަށު ކައުންސިލުން ބުނިގޮތުގައި ކުރިއަށް އޮތް އަހަރަށް ކައުންސިލް ބަޖެޓްގައި ހިމަނަން ޖެހޭ ކަންކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމާއި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯޓް ހުށަހެޅުމަށް ބާއްވާ ބައްދަލުވެމެކެވެ.
އެހެންވެ މި ބައްދަލުވުމުގައި ރަށުގެ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން އެދެ އެވެ.
ނަމަވެސް ކައުންސިލަށް ލާމަރުކަޒީ ގާނޫނުން ލާޒިމުކޮށްގެން ބާއްވާ މިފަދަ ބައްދަލުވުންތަކަށް ރައްޔިތުންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބޭކަން ފާހަގަކުރެވެ އެވެ. އެފަދަ ބައްދަލުވުންތަކަށް އަބަދު ވެސް ހާޒިރު ވަނީ ނިސްބަތުން ވަރަށް މަދު އަދަދެއްގެ ބައެކެވެ.

