ތުޅާދޫގައި އެއާޕޯޓް އަޅާ ބިން ހިއްކަން ހަވާލުކޮށްފި

ބ. ތުޅާދޫ އާއި ށ. ބިލެތްފަހި އަދި ތ. ވިލުފުށީގައި އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކަން 654 މިލިއަން ރުފިޔާ އަށް އިއްޔެ ބަޔަކާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީ ބުނީ އެ މަސައްކަތް ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ސޮއިކުރެއްވިއިރު ކެޕިޓަލް މެރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިވަރާޖާ މަނިވައްނަން އެވެ.

މި މަޝްރޫއުގެ ދަށުން ތުޅާދޫގައި އެއަރޕޯޓް ތަރައްގީކުރުމަށް 44.70 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ 56.34 ހެކްޓަރުގެ ބިމާއި ބިލެތްފަހި އެއަރޕޯޓަށް ބޭނުންވާ 56.34 ހެކްޓަރުގެ ބިން ހިއްކާނެކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މި ތިން ރަށުގެ ބިން ހިއްކުމުގެ މަސައްކަތަކީވެސް ކްރޮސް ސަބްސިޓީ އުޞޫލުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެއްކަމަށާއި، މި ތިން ރަށުގެ އެއަރޕޯޓުގެ އަމަލީ މަސައްކަތް ވެސް އަންނަމަހު ފެށޭވަރުވާނެކަމަށް ލަފާކުރެވޭކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.